ads
ޖެކްލީން
މަނީ ލޯންޑްރިންގެ ތުހުމަތު ޖެކްލީންއަށް ވެސް
މިދިޔަ ހަފްތާގެ ތެރޭގައި 200 ކަރޯޑް ރުޕީސް ލޯންޑާ ކުރުމުގައި ބައިވެރިވުމުގެ ތުހުމަތުގައި މަޝްހޫރު ނެށުންތެރިއާ ނޯރާ އާއިވެސް ވަނީ ސުވާލުކޮށްފައެވެ.

މިހާރު ރިޕޯޓްތައް ބުނާ ގޮތުން މި ތަހުގީގުތެރެއިން ނޯރާގެ ޑީއެންއޭގެ އިތުރުން ޖެކްލީންގެވެސް ޑީއެންއޭ ވެސް ވަނީ ފެނިފައެވެ.

އަދި އެކަމާއި ގުޅިގެން ޖެކްލީންވެސް ސުވާލުކުރުމަށް ހާޒިރުކުރާނެ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން އީޑީން ނޯރާ ހާޒިރުކޮށްވަނީ އޭނާގެ އެކައުންޓުން ކޮށްފައިވާ ޝައްކުކުރެވޭ ޓްރާންސެކްޝަންތައް ދައްކާ އެކަމާއި ބެހޭ ގޮތުންވެސް ސުވާލުކޮށްފައެވެ. އަދި މި ސެޝަން އަށް ގަނޑިއިރަށް ދިގުދެމިގެންދިޔައެވެ.

ނޯރާ އަށާއި ޖެކްލީންއަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރާއިރު މިފެތަރިންނަކީ އެންމެ ބޮޑެތި ފިލްމީ ޕްރޮޖެކްޓުތަކުގައި މަަސައްކަތްކުރަމުން އަންނަ ތަރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް