ads
ފަތުރުވެރިންތަކެއް——
އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެއަށް!
އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއިއެކު މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި، ރާއްޖެ އިން ހަތަރު އެވޯޑެއް ހާސިލުކޮށްފި އެވެ.

އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެއިން މިހާތަނަށް 13 ފަހަރު ހޯދާފައިވެއެވެ.

މިއަހަރު ރާއްޖެ އަށް ލިބުނު އެވޯޑުތައް:

  1. އިންޑިއާ ކަނޑުގެ މަގުބޫލު މަންޒިލް
  2. ލީޑިން ބީޗް ޑެސްޓިނޭޝަން
  3. ލީޑިން ޑައިވް ޑެސްޓިނޭޝަން
  4. ލީޑިން ޓޫރިސްޓް ބޯޑު އެވޯޑު

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހޮވުމަކީ ލިބުނު ފަހުރެއް ކަމަށާއި، ރާއްޖެ އަށް ލިބުނު އެވޯޑުތަކުން ދައްކުވައި ދެނީ ރާއްޖެއަކިީ ޓޫރިސްޓުން ގަބޫލު ކުރާ ރައްކާތެރި މަންޒިލެއް ކަން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ހާސިލްކޮށްފަ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް