ads
ހާބަރު ފުޑް ކޯޓު——
ބިލް ދައްކަން ބުނުމުން ޕޭމެންޓު ގަލުން ބިދޭސީއަކު ޒަހަމުކޮށްލައިފި
ހާބަރު ފުޑް ކޯޓުގައި ހުންނަ "ސިޓީ ޓޭސްޓް" ކެފޭގައި ޒުވާނުންތަކެއް ބިލު ދައްކަން ދެކޮޅު ހަދައި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަރަށް ބޮޑަށް ޒަހަމުކޮށްލައިފި އެވެ.

އެ ކެފޭގައި މަސައްކަތްކުރާ މުވައްޒަފުން ބުނާ ގޮތުން އެ ޒުވާނުންތައް ފުރަތަމަ އައީ "އޮކްސިޖަން" ކެފޭއަށެވެ.

ނަމަވެސް އެ ވަގުތަކީ އެކެފޭ ބަންދު ވަގުތެއް ކަމުން އެތަނާއި ޖެހިގެން ހުރި ސިޓީ ޓޭސްޓަށް ބަދަލުވާން އެދުނީއެވެ.

ދެން ސިޓީ ޓޭސްޓަށް ބަދަލުވެ ކައި ނިމުމުން ބިލް ދައްކަން އެދުމުން ފާހާނާއަށް ގޮސްފަ އަންނާނެ ކަމަށް ބުނިކަމަށާއި، ބިލު ދައްކަން ދެކޮޅު ހެދި ކަމަށް އެ މުވައްޒަފުން ކިޔައިދެއެވެ. 

މި ހަމަނުޖެހުން ތަކުގެ ތެރޭގައި މަގުމަތިން ޕޭމެންޓު ގާ ނަގައިގެން އައިސް އެމީހުން ވަނީ އެތަނުގެ މުވައްޒަފުންނަށް ހަމަލާދީ މާރާމާރީ ހިންގައިފައެވެ. އަދި އެތަނުގައި ހުރި ތަކެއްޗަށް ވެސް އެ މީހުން ވަނީ ގެއްލުން ދީފައެވެ.

އެގޮތުން ތަނުގައި ހުރި ތަށިތައް ތަޅާލާ ބުފޭ ޓޭބަލާއި، ގޮނޑިތަކަށްވެސް އެމީހުން ވަނީ ގެއްލުން ދީފައެވެ. 

ހަމަލާދިނުމަށްފަހު އެމީހުން ވަނީ ފުލުހުން އައުމުގެ ކުރިން ފިލާފައެވެ. 

މި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެތަނުގައި މަސައްކަތް ކުރާ ބަދިގެ ހެލްޕަރެކެވެ.

އޭނާގެ މޫނުމަތީގައި ވަރަށް ގިނައިން ލޭ ހުރިކަމަށާއި މޫނުމަތީގައި ލޭ ހުރުމުން ލިބިފައިވާ ޒަހަމުތަށް ފެންނަ ވަރު ނުވާކަމަަށްވެސް ވެއެވެ. 

އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެވަގުތު އެތަނަށް އާ ފުލުހުންނާއި، އެމްޕީއެލްގެ ދެ މުވައްޒަފައެއްގެ އެހީތެރިކަމާއިއެކުއެވެ. 

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ތިނެއްގެ ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް