ads
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީ.އީ.އޭ) އަދި އޮސްޓްރޭލިއާގެ އޮސްޓެރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ވަފްދުގެ ބޭފުޅުންނާއި ބައްދަލުކުރައްވަނީ: ފޮޓޯ: ޕީއެސްއެމް
ޑްރަގް އެތެރެކުރާ ދޮރުތައް ބަންދުކުރުމަށް މަޝްވަރާކޮށްފި
ރާއްޖެއަށް ޑްރަގް އެތެރެވާ ދޮރުތައް ބަންދު ކުރުމާބެހޭގޮތުން އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އަދި އޮސްޓްރޭލިއާގެ އޮސްޓެރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) ގެ ވަފްދާއެކު ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅު ހިލާލީ ގޭގައެވެ. 

މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ފަރުވާ ފުޅާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސް ދިވެހި މުޖުތަމަޢު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަޖެޓާއި ވަޞީލަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ބޭނުންކުރުމަށާއި އެ ޚިދުމަތުގެ ހިންގުމުގެ އޮނިގަނޑާއި ޤާބިލިއްޔަތު އިތުރުކުރުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. 

މަސްތުވާތަކެއްޗާއި ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރައްވާ، ދިވެހި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ޑީއީއޭ ގެ ވަފްދުގެ ބޭފުޅުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރު ތަމްރީނު ފޯރުކޮށްދިނުމާއެކު އާންމުންނާއި މުއާމަލާތްކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އޮފިސަރުންގެ ޕްރޮފެޝަނަލިޒަމް އިތުރުކުރުމާ ބެހޭގޮތުން ވެސް ޑީއީއޭ ގެ ވަފްދުގެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވަފްދުގައި ހިމެނިވަޑައިގަންނަވާ ޑީ.އީ.އޭ އަދި އޭ.އެފް.ޕީގެ ފަރާތުން މެދުއިރުމައްޗާއި އޭޝިއާގެ ސަރަޙައްދުގެ ޤައުމުތަކުގައި މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތްކުރާ ގުޅުންހުރި އެންމެހާ އިދާރާތަކަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވަނީ މި ސަރުކާރުގެ އެންމެހާ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމްތަކުރުމާއި އެކަމުގެ ވިޔަފާރި ހުއްޓުވުމާއި ފަރުވާ ދިނުމާއި އަނބުރާ މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ގެނައުމަށް ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ވަފްދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް