ads
ޒުވާނުންގެ އެވޯޑް ހާސިލްކުރި ފަރާތެއް…ފޮޓޯ/ރައީސް އޮފީސް
10 ދާއިރާއަކުން ޒުވާނުންގެ އެވޯޑް 10 ފަރާތަކަށް ދީފި
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 ދާއިރާ އަކުން 10 ޒުވާނަކަށް ދީފިއެވެ.

ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ޒުވާނުންގެ އެވޯޑް މިއަހަރު 10 ފަރާތަކަށް ދީފައިވަނީ މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޒުވާނުންގެ އެވޯޑް ލިބުން ފަރާތްތަކަށް، އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތައް:

  1. ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން - އަރުޝަދު އަޙްމާދު (ފަހިވާ، ހއ. އުލިގަން)
  2. އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން - ނާޒިމް ޙަސަން (ކޯނަރ، ކުޅުދުއްފުށި ސިޓީ)
  3. ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން - އަޙްމަދު ޢަބްދުލްކަރީމް (ތިބުރޯޒުގެ، ވ. ކެޔޮދޫ)
  4. ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން - ޢާއިޝަތު ޠާއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި ސިޓީ)
  5. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން - ޢަފާ ޙުސައިން (ޕާކް، ކުޅުދުއްފުށި)
  6. މަސްވެރިކަމުގެ ދާއިރާއިން - ޢަބްދު ﷲ ޔަމާން (ގުރުވަ، ލ.ގަން ތުނޑި)
  7. ދަނޑުވެރިކަމުގެ ދާއިރާއިން - ޢަލީ ފަވާޒް (މިލާޒް، އއ. ތޮއްޑޫ)
  8. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން - މަރިޔަމް ސަހުދާ (ދަފްތަރު ނަންބަރު ރސ 4356
  9. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން - ޙަސަން ފަރުޙާން މުޙައްމަދު (މ. މިޓްރީޕާރކް، މާލޭ ސިޓީ)
  10. ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން - އިއްޒަތު އަޙްމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ތަފާތު 18 ދާއިރާއަކުން ކުރިމަތިލުމަށް ހުޅުވާލިނަމަވެސް، އެވޯޑް ދީފައިވަނީ 10 ދާއިރާއަކުންނެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. 

 މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެއްކަން ފާހަގަކޮށްލެވެއެވެ.

“ޒުވާނުންގެ ބައިވެރިވުން-ގައުމުގެ ކުރިއެރުން” މި ޝިއާރުގެ ދަށުން ކުލަގަދަކޮށް ފާހަގަކުރަމުން ދަނީ ކުޅުދުއްފުށި ސިޓީގައެވެ. މި ދުވަސް އިތުރަށް ކުލަގަދަ ކުރުމަށް ޔޫތު މިނިސްޓްރީންނާއި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ތަފާތު ހަރަކާތްތައް ހިންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް