ads
ފޮޓޯ: ކޮވިޑް
ރިކޯޑު އަދަދަަކަށް ކޮވިޑް ކޭސްތައް މައްޗަށް ހިނގައްޖެ
ރިކޯޑު އަދަދަަކަށް ކޮވިޑް-19އިގެ ކޭސްތައް މައްޗަށް ހިގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 4،527 ސާމްޕަލް ޓެސްޓު ކުރެވިފައިވެއެވެ. އޭގެތެރެއިން މުޅި ރާއްޖެއިން މިއަދު 225 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެގޮތުން މިއަދު ރަށްތަކުން އެކަނިވެސް 153 މީހުން ޕޮޒިޓިވްވިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 39 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ގިނަ މަސްތަކަކަށް ފަހު މިހާ ބޮޑަށް ރިސޯޓުތަކުގެ ކޭސްތައްވެސް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިފަހުން ރިސޯޓުތަކުގެ ކޭސްތައް އުޅުނީ ތިނަކަށްވުރެ ދަށުންނެވެ. 

އަދި އަތޮޅުތަކުގެ ކޭސްތައް 100އިން މައްޗަށް ދިޔައިރު، މިއަދު ކ. ގުރައިދޫއިން 86 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އައްޑޫއިން 17 މީހުން ޕޮޒިޓިވްވިއިރު، ގއ. ވިލިގިލީ އިން 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

މިފަހުން އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އަންނަނީ ގިނަވަމުންނެވެ. ނަމަވެސް މިއީ ފުރަތަމަ ފަހަރަށް 200އިން މައްޗަށް ގިނަ މަސްތަކަކަށްފަހު އެރި ފުރަތަމަ ފަހަރެެވެ. 

އިއްޔެވެސް ކޮވިޑް ކޭސްތައް އުޅުނީ 55 ގައެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 86،830 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ބަލިޖެހިފައިވާ 1،520  މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.  

ބަލިން ރަނގަޅުވި މީހުންގެ އަދަދު 85،057 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 19 އެވެ.

މިހާތަނަށް 240 މީހަކު މިބަލީގައި މަރުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް