ads
ހޯރަފުށީ ފެނަކަ ބްރާންޗްގެ އާ އޮފީސް އިމާރާތްއެޅުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު: ފޮޓޯ/ފެނަކަ
ރީޑިން ނެގުމާއިއެކު ކަރަންޓްބިލް ވަގުތުން އަތަށް ލިބޭނެގޮތް ފެނަކައިންހަދަނީ
އޮކްޓޯބަރު މަހުން ފެށިގެން ރީޑިން ނެގުމާއި އެކު ކަރަންޓްބިލް ވަގުތުން އަތަށް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރެއިން ގއ،ގދ އަދި އައްޑޫ ސިޓީގައި އޮކްޓޯބަރު މަހު ބިލް ތައްޔާރުކުރުމަށް ރީޑިން ނަގާވަގުތު ކަރަންޓްބިލް ވަގުތުން އަތަށް ދޭނެއެވެ. 

" ސީއެންއެމްއަށް " މައުލޫމާތު ދެއްވަމުން ފެނަކަ ސޭލްސް އެން ބިލިން ޑިޕާޓްމަންޓްގެ ހެޑް އަހުމަދު އަލީ ވިދާޅުވީ މިއީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ހިދުމަތެއް ކަމުގައެވެ. 

" ކަސްޓަމަރުންގެ ޝަކުވާ ދެން ނާންނާނެ. ގޭގެ ވެރިފަރާތުގެ ހާޒިރުގައި މީޓަރުގެ ރީޑިން ނަގާފަ ވަގުތުން ޕްރިންޓް ކޮށްފަ މިދެނީ " އަހުމަދު ވިދާޅުވި އެވެ. 

އިތުރަށް ވާހަކަ ދައްކަމުން އަހުމަދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ނިޒާމް ގާއިމް ކުރެވިގެން ދާނެ ކަމަށާއި މިއީ ކަސްޓަމަރުންނަށް  މި ހިދުމަތުގެ ޔަގީންކަން ބޮޑުވެގެންދާނޭ ކަމެއް ކަމުގަ އެވެ. 

" މިހާރު ބިލް ހަވާލުކުރުމުގައި އެއްވެސް ޑިލޭ އެއް ނާންނާނެ. ކުރިން ރީޑިން ނަގައި ސިސްޓަމްއަށް އެންޓާ ކޮށް ބިލް ޑެލިވަރީކުރަން އެއް ދުވަސް ނޫނީ ދެ ދުވަސް ނަގާފާނެ. އެހެން ނަމަވެސް މިހިދުމަތް ފެށުމާއިއެކު ދެ މިނެޓް ތެރޭ ބިލް ކަސްޓަމަރާއި ހަވާލުކުރެވޭނެ" އަހުމަދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް