ads
އެމްއެންޕީ ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އީސީން ހަވާލުކުރަނީ: ފޮޓޯ އެމްއެންޕީ
އެމްއެންޕީ ރަޖިސްޓްރީ ކޮށްފި
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަައިފި އެވެ.

އެމްއެންޕީއަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ރިޓަޔާޑް) އިސްވެ އުފައްދަވާ ޕާޓީއެކެވެ. ޕާޓީގެ ރައީސަކީ ނާޒިމެވެ. 

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެ އެވެ.

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ވަނީ މި މަހުގެ ކުރީކޮޅު ބާއްވާފައެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެންމެ ބޮޑު އަމާޒަކީ، ސަރުކާރުގައި ސަލާން ޖަހަން ނުޖެހޭ ދިވެހިންތަކެއްގެ މައްޗަށް މުޅި ދައުލަތް ބިނާކުރުން ކަމަށް އެ ޕާޓީގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ. 

2023 ގެ ރިޔާސީ ރޭހަށް އެމްއެންޕީން ނިކުންނަނީ އިންތިހާބު ކާމިޔާބުކޮށް "ދިވެހިން ފުދުންތެރި" ބަޔަކަށް ހެދުމަށް.” ނާޒިމް

އިތުރަށް ނާޒިމް ވިދާޅުވީ، ފުދުންތެރިން ދިވެހިންނަކީ ސަރުކާރުގައި ސަލާން ޖަހަން ނުޖެހޭ ބައެއް ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެ ޕާޓީން ކުރާނެ ކަމަށެވެ.

އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023 ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެޕާޓީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް