ads
މަޖިލިސް ޖަލްސާއެއްގެތެރެއިން
ފޮރިން ސާރވިސްގެ ބިލު ތަޅުމަށް ފޮނުވައިފި
ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ފޮރިން ސަރވިސްގެ ބިލު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ދިރާސާކުރި މިމިބިލަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ ބިލެކެވެ. ފޮރިން ސާވިސްގެ ބިލަކީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލެކެވެ.

މިބިލު ޤާނޫނަކަށްވެ، ޢަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސަރވިސް"ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ޤާއިމުކުރެވޭނެއެވެ. އެ ޚިދުމަތް ނުވަތަ ފޮރިން ސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ. 

ބިލު ޤާނޫނަކަށްވުމުން ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އެގޮތުން ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކެރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. ފޮރިން ސެކެރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. 

ފޮރިން ސާރވިސްގެ ބިލް މިއަދު ތަޅުމަށް ފޮނުވާފައިވާއިރު، ގިނަ ބިލްތަކުގެ މަސައްކަތް އަދިވެސް ހުރީ ނުނިމިއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ދިރާސާކުރުމުގެ މަސައްކަތް ކުރެވެމުންދާ ބިލުތަކުގެ މަސައްކަތް ނުނިމި ލަސްވަމުން ގޮސް ކޮމިޓީތަކުގެ މަސައްކަތް ގިނަ ވެގެން ދިއުމުން، އެ ކަން އަވަސް ކުރާނެ ގޮތެއް ހޯދަން މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ނިންމަވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ބިލެއްގެ މަސައްކަތް ނެތްއިރު، ކޮމިޓީތަކުގައި 33 ބިލެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އެއީ ސަރުކާރުން ފޮނުވި 26 ބިލަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި ހަތް ބިލެކެވެ.

"ސަރުކާރުން ގިނަ ބިލުތަކެއް މި ދައުރު ހުށަހަޅަން ވެސް ބޭނުންވޭ، އެ ހުށަހެޅި ނަމަވެސް، ކޮމިޓީތަކުގައި މިހާރު ހުރި މަސައްކަތްތައް ނުނިމެނީސް، މި ތާ ހުރި މަސައްކަތްތައް ނިމެން ވަރަށް ދަތި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ބައެއް ކޮމިޓީތަކުގައި ހިމެނޭ މުހިއްމު ބައެއް ބިލުތައް ވެސް ވިދާޅުވެފައެވެ. މި ގޮތުން ވިޔަފާރިތަކާ ގުޅުން ހުރި ބައެއް ބިލުތައް ގިނަ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް