ads
މަޑަވެއްޔާއި ހޯޑެއްދޫއާ ދެމެދު ގާއިމުކުރި ކޯޒްވޭ ބުރިކޮށްލާފައި--
މަޑަވެލިން ގަރާރު ނެރުނީ ރައްޔިތުން ގޯއްޗަށް އެދި އާދޭސް ކުރާތީ: މަޑަވެލީ ކައުންސިލް
ހޯޑެއްދޫ އާއި މަޑަވެލި އެއްފަސްކުރުން އެދި ގަރާރެއް ނެރުނީ މަޑަވެލީ ރައްޔިތުން ކޮންމެދުވަހަކު ކައުންސިލްގައި ގޯއްޗަށް އެދި އާދޭސް ކުރާތީ ކަމަށް މަޑަވެލީ ކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން މިއަދު ނެރުނު ގަރާރުގައިވަނީ އެއްފަސްކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއްކަމަށާއި އެކަން އަވަސްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްވެސް އެކަންކުރަން ޖެހޭ ކަމަށް ގަރާރުގައިވެއެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ ކޮންމެދުވަހަކު ރަށުގެ އެތައްބަޔަކު ކައުންސިލަށް އައިސް ބިން ހޯދުމަށް އެދޭ ކަމަށެވެ. އަދި އޭގެ އިތުރުން ހުރިހާ ކައުންސިލަރުންގެ ވެސް އެއްވެސް ގޯއްޗެއް ނެތުމުގެ ސަބަބުން ކައުންސިލަރުންވެސް އުޅެނީ މެންބަރުން ގިނަ އާއިލާ ތަކާއެކު ކަމަށް ފިޔާޒު ވިދާޅުވިއެވެ.

"ހަމައެކަނި ކައުންސިލްގެ މެންބަރުންނަށް ވިސްނާލީމަ ހާލަތު އޮތް ގޮތް އެނގޭނެ. އަޅުގަނޑު މިއުޅެނީ ނުވަ މީހުން ހިމެނޭ އާއިލާ އަކާއެކު . 12 މީހުނާއެކު ކައުންސިލަރެއް އެބަ އުޅޭ އެއްގެއެއްގައި. ދިހަ މީހުންނާއެކު އެބައުޅޭ . މިއީ އަޅުގަނޑުމެންގެ ހާލަތަކީ. އެހެންވެގެން އެގަރާރު ނެރެން ޖެހުނީ" ގަރާރު ނެރެން ޖެހުނު ސަބަބު ފިޔާޒު ވިދާޅުވިއެވެ. 

މިގަރާރާގުޅިގެން ގދ. ހޯޑެއްދު ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ސީއެންއެމް އަށް ވިދާޅުވީ އެއްފަސް ކުރުމަށްޓަކައި ހޯޑެއްދޫއާ މަޑަވެއްޔާ ދެމެދަށް ފަސްއަޅައި ހިއްކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެކަމަކު މަޑަވެއްޔަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވުން އެދޭ ކަމަށްވެސް ވާރިޝް ވިދާޅުވިއެވެ. 

your imageމަޑަވެލި - ހޯޑެއްދޫ ކޯޒްވޭގެ މަޝްރޫއު ގައި މިއަދު ސޮއިކުރަނީ 

މަޑަވެލީގެ ބިމުގެ ދަތިކަން ހައްލުވުން އަޅުގަނޑުމެންވެސް އެދެން. މިއަހަރު ސަރުކާރުން މަޑަވެލީގައި ފަށަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަވަސްވުންވެސް އަޅުގަނޑުމެން އެދެން. އެކަމަކު ދެރަށް ދޭތެރެއަށް ފަސްއަޅައި ހިއްކުމަކީ އެދެވޭ ކަމެއް ނޫން. އަދި އީޕީއޭގެ ހުއްދަވެސް ލިބޭނެ ކަމެއްހެން ހިއެއް ނުވޭ" ވާރިޝް ވިދާޅުވިއެވެ. 

ހޯޑެއްދޫއާއި މަޑަވެލި ރައީސް ޔާމީނުގެ ސަރުކާރުގައި ކޯޒަވޭ އަކުން ގުޅާލިއެވެ. އެހެންނަމަވެސް އެމަސައްކަތް ކޮށްފައިވަނި އީޕީއޭއިން ލަފާދީފައިވާ ގޮތާ ހިލާފަށެވެ. އެހެންވެ މިސަރުކާރުން ނިންމާފައިވަނީ އެމަސައްކަތް އަލުން ކުރުމަށެވެ. އެގޮތުން އެމަސައްކަތް ކުރުމަށް މިއަދު އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފައެވެ. ދިހަ މަސްދުވަހުގެތެރޭ ނިންމުމަށް ހަވާލުކުރެވުނު މިމަސައްކަތް އެކުންފުންނާ ހަވާލު ކޮށްފައިވަނީ ޑިޒައިން ކުރުމުގެ މަސއްކަތާވެސް އެކުގައި ކުރާ ގޮތަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް