ads
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި- ފޮޓޯ: މަޖިލިސް
އޭސީސީގެ ހިސާބު : އެމްއެމްޕީއާރުސީ ތަހުގީގަށް ހަތަރު އަހަރާއި ނުވަ މަސް
އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ 38 މައްސަލަ ކަމަށާއި ނުނިމި 223 މައްސަލައެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް އަށް މަސްދުވަސް ހޭދަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވުއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ލަސްކަން ގަބޫލުކުރައްވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ލަސް ވަނީ، މުވައްޒިފުންނާއި ވަސީލަތްތައް ލިބުމަށް ދަތިވުމުންނާއި ކޮވިޑް-19ގެ ސަބަބުން ކަމަށެވެ.

އަދި ހުރިހާ މައްސަލަތަކެއްގެ ތެރެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް އަށް މަސްދުވަސް ހޭދަވާ ކަމަށެވެ. އަދި މައްސަލަ އަވަސްކުރަން މުވައްޒިފުންނާއި ބަޖެޓް ބޭނުންވާކަމަށް ޝައުނާ ވިދާޅުވިއެވެ. އެހެންކަމުން ބާކީ ނުނިމި ހުރި 223 މައްސަލަ ބެލުމަށް ހަތަރު އަހަރާއި ނުވަ މަސް ހޭދަވާނެއެވެ.

ބަޖެޓް ނުލިބޭ ނަމަ ތަކުރާރުކޮށް އެއް ވާހަކައެއް ދައްކަން ޖެހޭނީ، މި މައްސަލައެއް ނުނިމޭނެ.

" ދައުލަތުން އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅު ސްޕީޑެއްގައި ނިންމަން ބޭނުންވާ ނަމަ، އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭނުންވޭ. ބަޖެޓް ނުލިބޭ ނަމަ ތަކުރާރުކޮށް އެއް ވާހަކައެއް ދައްކަން ޖެހޭނީ، މި މައްސަލައެއް ނުނިމޭނެ. " އިއްޔެ ބޭއްވުނު ކޮމެޓީ ބައްދަލުވުމުގައި ޝިއުނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް