އެމްއޭސީއެލް އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ މިހާރު
ްއެމްއޭސީއެލް އަށް ގިނަ ދުވަހު ހިދުމަތްދިން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
Share
މްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތް ކުރި 265 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑް ދީފި އެވެ.
Advertisement

އެ ކުންފުނީގައި 20 އަހަރާއި 25 އަހަރާއި 30 އަހަރާއި 35 އަހަރާއި 40 އަހަރު ހޭދަކުރި މުވައްޒަފުންނަށް އެވޯޑް ދީފައިވާއިރު، މި ހަލްފާ ކުރިއަށް ގެންގޮސްފައިވަނީ، ހުޅުލެ އައިލެންޑް ހޮޓެލްގައެވެ. 

 މި ރަސްމިއްޔާތުގައި 240 މުވައްޒަފުންނަށް ލޯންގް ސާވިސް އެވޯޑް ދީފައިވެ އެވެ. އަދި ރިޓަޔަމަންޓް އެވޯޑް 25 މުވައްޒަފުންނަށް ދީފައިވެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން ބޮޑު ކުރަންވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. 

މިކަމާއި ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ %5 އާއި %20 އާ ދޭތެރޭގެ އަދަދަކަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. މުސާރަ ބޮޑު ކުރާ އިރު، %20 އިތުރުވާނީ އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ކަމަށާއި %5 އިތުރު ވާނީ ގިނަ އިން މުސާރަ ލިބޭ މީހުންގެ ކަމަށް ވެސް އެމްއޭސީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރަން ނިންމީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެހެން މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނިން އަބަދުވެސް މާކެޓު އަގުތަކާ އެއްވަރަށް މުވައްޒަފުންގެ މުސާރަތަކާއި އިނާޔަތްތައް މުރާޖާއާ ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި، ހެލްތް އިންޝުއަރެންސާއި، ހިލޭ ދަތުރުފަތުރާއި، ސްޓާފް ލޯން ސްކީމާއި، ސްޓާފް ޗިލްޑްރަން ލޯން ސްކީމާއި، ސްޓާފް ޑިވެލޮޕްމަންޓް ސްކީމް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް