ads
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ފޮޓޯ: ސީއެންއެމް
އިންޑިއާއިން މުވައްޒަފުން ގެންނަން އިއުލާނެއް ނުކުރަން: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އިން، އިންޑިއާއިން މުވައްޒަފުން ގެންނަން އެ ގައުމުގައި އިޢުލާނުކޮށްފައި ނުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިންޑިއާގެ "އަފްރީން އިންޓަރނޝަނަލް" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވުރިކޮށް އެމްޓީސީސީން އިންޑިއާއިން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދާ ކަމަށްބުނެ “ދިޔަރެސް” ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށް އެކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަދި އެކުންފުނި ބަދުނާމުވާގޮތަށާއި، ޢާއްމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭގޮތަށް މިފަދަ ހަގީގަތާއި ހިލާފު ދޮގު ހަބަރު ނުފެތުރުމަށް އެ ކުންފުނިން ޢިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން މި ބަޔާނުގައި، އެމްޓީސީސީން ވަނީ އެކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި އަދި ވިޔަފާރީގެ ބައިވެރިން، އެކުންފުންޏަށް ކުރަށްވަމުން ގެންދާ އިތުބާރަށް ޝުކުރުއަދާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް