ads
(އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން
ސީއީއޯ ސަސްޕެންޑު ކުރިކަމަށް ދެއްކި ވާހަކަތައް އެމްއައިބީން ދޮގުކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.

އަބްދުލް އެހްތެޝާމް އަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ފައިސާގެ މައްސަލަތަކާ ގުޅިގެން އޭނާ ސަސްޕެންޑުކޮށްފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް މިވާހަކަތައް ދޮގުކޮށް އެ ބޭންކުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސަސްޕެންޑް ކުރަން އަންގާ ލިޔުމެއް ފޮނުވާފައި ނުވާ ކަމަށެވެ.

އޭނާ ސަސްޕެންޑު ކޮށްފައިވާކަން އިތުބާރު ހުރި ފަރާތުން ކަށަވަރުކޮށްދީފައިވާކަމަށް ބުނެ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި އެހްތެޝާމަށް ޑޮލަރު ދޫކޮށްފައިވަނީ ބޭންކުގެ އެޗްއާރު އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ ސޮޔާ އެކުގައި ނަމަވެސް އެކަން ބޯޑަށް ނާންގާ ކަމަށް އެ ފަރާތުން ވިދާޅުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް