ads
އެސްޓީއޯ
ވޭތުވެދިޔަ ތިންމަހު 2.5 ބިލިޔަން ރުފިޔާ އެސްޓީއޯ އަށް ފައިދާގެ ގޮތުގައި ލިބިއްޖެ
ނިމިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ އޭގެ ކުރީ ކުއާޓަރުއާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 8 އިންސައްތަ އިތުރު ވެފައި ވުމެވެ. އަދި ހަމަމިއާއެކު، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. 

ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައި ނުވުމާއިއެކު ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ އޭގަ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 6 އިންސައްތަ ދަށްވެފަ އެވެ. އެހެންނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއިއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 375 މިލިއަން ރުފިޔާ ލިބިފައެވެ. 

އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަަލާއިރު 5 އިންސައްތަ ދަށްކުރެވިފައެވެ. ފައިނޭންސް ކުރުމުގެ ހަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑިއަރީސް ތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮަސްޓްގެ ގޮތުގައި ވަނީ 6 މިލިއަން ރުފިޔާ ލިބިިފައެވެ. ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާ ގެ ގޮތުގައި ތިންވަނަ ކުއާޓަރ ގައިވަނީ 154 މިލިއަން ރުފިޔާ ލިބިފައެވެ. 

މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ޑިވިޑެންޑް ފައިސާ ތިންވަނަ ކުއާޓަރުގައި އެކައުންޓް ކުރުމެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓާރުގެ ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ. 

މިފުރުޞަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މީގެ އިތުރުން މިނަތީޖާ ހާސިލްކުރުމަށްޓަކައި ކޮވިޑް ހާލަތުގައި ވެސް ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި މިންނެތް މަސައްކަތަށް ނިހާޔަތައް ޝުކުރު ދަންނަވައެވެ.

އެސްޓީއޯގެ 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ހިސާބުތައް ވަނީ 28 އޮކްޓޯބަރ 2021 ވަނަ ދުވަހު އެސްޓީއޯ ވެބްސައިޓްގައި އާއްމުކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް