ads
ދިރާގު ހިދްމަތްތަކަށް އެދޭ ހިޔާގެ ވެރިންނަށް ހާއްސަ ފައިސާގެ އިނާމްތަކެއް ދެނީ
ދިރާގު ޚިދުމަތްތަކަށް އެދޭ ހިޔާ ކަސްޓަމަރުންނަށް އަގުހުރި ފައިސާގެ އިނާމްތަކެއް ދެނީ
ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުން ހުޅުމާލެ ދެވެނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ ޕްރޮމޯޝަންއެއް ހުޅުވާލއިފިއެވެ.

ދިއރާގުން ބުނާ ގޮތުން  15 ނޮވެމްބަރ 2021 ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދޭ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000 ރ. ލިބޭނެއެވެ. ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ލިބިގެން ދާއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރ. އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރ. ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރ އެއްވެސް ލިބިގެންދާނެއެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއްވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކާއި ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ޚިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ދިރާގުން ބުނީ އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށް ކަމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3motHMD

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް