ads
ހއ.އަތޮޅު ހޮސްޕިޓަލް
ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި
ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓް ހެދުމުގެ ޙިދުމަތް ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު މި ޙިދުމަތް ދޭން ފަށާފައި ވާއިރު ހަފްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ލެބޯޓްރީ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ޚިދުމަތް ލިބެމުން ދާނެއެވެ

އެގޮތުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 1 އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ހުރިހާ ވަސީލްތަތައް ހަމަވެފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މީގެ އިތުރުން މި ޓެސްޓްތައް ހެދުމަށް ވަކި ހާއްސަ އެޕޮއިންޓްމެންޓްއެއް ހައްދަން ނުޖެހޭނެ ކަމަށާއި ލެބޯޓްރީގެ އެހެން ޓެސްޓްތައް ހައްދާ ގޮތަށް ޑޮކްޓަރުގެ ލިޔުމަކާއިއެކު ޓެސްޓްތައް ހެދިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ވިދާޅުވެފައިވަނީ އަލަށް ތައާރަފް ކުރެވޭ ކޮންމެ ޚިދުމަތާއިއެކު ރައްޔިތުންނަށް އިތުރު ފަސޭހަ ތަކެއް ލިބުމުގެ އިތުރުން ހޮސްިޓަލަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެގޮތުން  ދަރިމައިވުމާއި ގުޅުންހުރި ކޭސްތައް އަތޮޅު ތެރެއިން ވެސް ވަރަށް ގިނައިން އަންނަ ކަމަށާއި، އަދި މި ޚިދުމަތް އަތޮޅު ހޮސްޕިޓަލުން ދެވެން ފެށުމާއިއެކު އެފަރާތްތަކަށް އެކަމުގެ ސަބަބުން ވަރަށް ގިނަ ލުއި ތަކެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން އަންނަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކޮށް، އިތުރު ވަސީލަތްތައް ގާއިމު ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލަކީ ޚިދުމަތް ދިނުމުގައި ހއ. އަތޮޅާއި ހދ. އަތޮޅުގެ އުތުރުބިތުގެ ރަށްތަކުގެ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް