ads
އިލެކްޝަން ކޮމިޝަންގެ އިދާރާ ، ފޮޓޯ: ރާއްޖެ އެމްވީ
އަންހެނުން ކޮމެޓީގެ ބައި-އިލެކްޝަންގެ ދެ ގޮނޑި ދެ ޕާޓީއަށް
އަންހެނުންގެ ތަރައްގީއަށް އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން އިންތިހާބު ދެ ރަށެއްގައި މިއަދު ބޭއްވިފައިވާއިރު، ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންއާއި އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

ޅ.ކުރެންދޫއާއި ގއ.ވިލިނގިލީގައި މިއަދު އިންތިހާބު ބޭއްވިފައިވާއިރު، ކުރެންދޫގެ ގޮނޑި ކާމިޔާބް ކުރި އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ނިޒާމާއަށް ލިބުނީ 437 ވޯޓެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އަޒީޒާ އަބްދުالله އަށް ލިބުނީ 245 ވޯޓެވެ.

ވިލިނގިލީގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ޝަހުމާ މުހިސިން ކާމިޔާބްކޮށްފައިވަނީ 67 ވޯޓުގެ ތަފާތުންނެވެ. އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް މަރްޔަމް ރަޝީދާއަށް ލިބުނީ, 333 ވޯޓެވެ.

ކުރެންދޫގެ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ކޮމެޓީގެ މެންބަރަކަށް ހުންނެވި މުއީނާ އަބްދުއްރަހްމާން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީއަށް ނިސްބަތްވާ މުއީނާ އިސްތިއުފާ ދެއްވާފައިވަނީ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމާ ގުޅިގެންނެވެ.

ވިލިނގިލީގައި ބައި އިލެކްޝަން ބާއްވާފައި ވަނީ އަންހެނުން ކޮމެޓީގައި ހިމެނޭ ޕީޕީއެމްގެ މެންބަރު އައިޝަތު ޖުމާނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަންހެނުން ކޮމެޓީގެ ބައި އިލެކްޝަން މިއަދު ބޭއްވިފައިވާއިރު، ކޮމެޓީ މެމްބަރުންގެ އެލަވަންސް ދެގުނަ ބޮޑުކުރަން ސަރުކާރުންވަނީ ނިންމާފައެވެ. 

ރައީސް މިހެން ވިދާޅުވެފައިވަނީ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބައްދަލުކުރެއްވުމަށްފަހު އެވެ.

މި ބައްދަލުވުމުގައި ކިބިދޫ އަންހެނުންގެ ކޮމެޓީ މެމްބަރުން ވަނީ ޑަބްލިޔުޑީސީގެ މުސާރައާއި އިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކޮށްފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އަންހެނުންގެ ކޮމެޓީ މެމްބަރުންގެ މުސާރަ ދެ ގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޑަބްލިޔުޑީސީގެ ރައީސާއަށް މިހާރު ލިބެނީ 3500 ރުފިޔާގެ އެލަވެންސެކެވެ. ނައިބަށް 2500 ލިބޭ އިރު މެންބަރަކަށް ލިބެނީ 2000 ރުފިޔާގެ އެލަވެންސެކެވެ.

ޑަބްލިޔުޑީސީގެ މެމްބަރުން ވަނީ އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވެސް ރައީސްގެ އަރިހުގައި އެދިލައްވާފަ އެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ އިގްތިސޯދީ ގޮތުން އަންހެނުންނަށް ހުރި ފުރުސަތުތަކާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް