ads
ގިނަ ދުވަސްވެ ކުޅުދުއްފުށީ ހައުސިން ޔުނިޓްތައް މަރާމާތުކުރަން ޖެހިފައި-- ފޮޓޯ: ކޭއޯ
އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް 1.5 ބިލިއަނެއްހާ ރުފިޔާ!
އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގެދޮރުވެރިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަކީ ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުން ދައުލަތުގެ ފަރާތުން ބޭނުންވާ ކަމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި ގްރޭޓާ މާލޭ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 4,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ އިކުއިޓީ މި އަހަރު ތެރޭގައި ސަރުކާރުން ދައްކައި، އަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށެވެ. އަދި މި މަޝްރޫޢުތަކާއެކު، އަމިއްލަ ފަރާތްތަކާއި އެހެނިހެން ގޮތްގޮތުން މާލޭ ސަރަހައްދުގައި ޖުމުލަ 11,000 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ވެސް ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެކަނި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިޔަން ރުފިޔާ ބަޖެޓް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ވަނީ ވިދާޅުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާފަށުގައި ގެދޮރުވެރިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް