ads
ބީއެމްއެލް އިން އަލަށް ކާޑް ހައްދާ ފަރާތްތަކަށް ވަނީ އެއްއަހަރުގެ ފީ ހިލޭ ކޮށްފައި
އަލަށް ކްރެޑިޓް ކާޑު ހައްދާ ފަރާތްތަކަށް އަހަރީފީ ހިލޭ: ބީއެމްއެލް
އަލަށް ބީއެމްއެލްގެ ކްރެޑިޓް ކާޑު ހައްދާ ކަސްޓަމަރުންނަށް ބައިވެރިވުމުގެފީ އަދި އަހަރީފީ ނުނަގާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ބައިވެރިވުމުގެފީ އާއި ފުރަތަމަ އަހަރުގެ އަހަރީފީ ނުނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2500 ރުފިޔާގެ ކޭޝްބެކް ދިނުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ބޭންކުން ބުނެއެވެ.

your imageބީއެމްއެލް އިންވަނީ އިތުރު ހަދަޔާތަކެއްވެސް މިޕްރޮމޯޝަންގައި ހިމަނާފައި

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއްވެސް ލިބޭނެއެވެ. އަދި 100،000 ރުފިޔާއާ ހަމަޔަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިވެގެން ދާނެއެވެ.

މި ޕްރޮމޯޝަން ގެ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

your imageގިނަ އިނާމް ތަކަކާ އެކު ބީއެމްއެލްގެ ޕްރޮމޯޝަނެއް

ދާދިފަހުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް " ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހު ކޮށްފައެވެ. ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެއެވެ. މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯރ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/apply-and-win

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް