ads
ދިރާގުން ވަނީ ބޭނުން ނުކުރެވޭ ޑޭޓާ ފެށޭމަހު ބޭނުން ކުރެވޭ ގޮތް ހަދާފައި
ކުރީމަހު ބޭނުން ނުކުރެވި ހުންނަ ޑޭޓާ ހިނގާ މަހު ބޭނުން ކުރެވޭ ގޮތް ދިރާގުން ހަދައިފި
ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިއްޔެއިން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފިއެވެ.

ޑޭޓާ ރޯލްއޯވަރ ތައާރަފު ކުރުމާއެކު، އޮކްޓޫބަރު މަސް ނިމިގެންދިއައިރު ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް ވާނީ ނޮވެމްބަރު މަހުގެ އެލަވަންސްއާއި އެކު ހިމަނާފައެވެ. 

އެހެންކަމުން ކުރިއައް އޮތްތާންގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއިއެކު ހިމެނިގެންދާނެއެވެ. މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކައިނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސްމެއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށެވެ.

އިރުތު މައުލޫމާތު ހޯދުމަށް http://bit.ly/3GBUuxf    

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް