ads
އެކައުންޓެންޓުންގެ މަހާސިންތާގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
އެކައުންޓެންޓުންނަށް ބާއްވާ އެންމެބޮޑު މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ ނަމުގައި ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ބާއްވާ އެންމެ ބޮޑު މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އަކީ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ޕްރޮމޯޓް ކުރުމަށާއި ޕްރޮފެޝަން ކުރިއެރުވުމުގެ މަޤްސަދުގައި 2017  ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަހާސިންތާއެކެވެ. 

މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ތީމް އަކީ "ރެޑިނަސް މައިންޑްސެޓް: ސްޓްރައިވިންގ ފޮރ އެކްސެލެންސް" އެވެ. 

މި ފޯރަމްގައި މި ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނާއި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ. މިފެށޭ ނޮވެމްބަރު މަހުގެ 15 ން 17 އަށް ބާއްވާ މި ފޯރަމް މިއަހަރު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ފަރާތުންނެވެ.

ވޭތުވެދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ފޯރަމްގައިވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކައުންޓިންގ ދާއިރާގެ ފުންނާބުއުސް ބޭފުޅުން ހިމެނޭގޮތަށް ޓެކްނިކަލް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ސެޝަންތަކަކީ ސީއޭ މޯލްޑިވްސްގެ 'ވެރިފަޔަބަލް ސީ.ޕީ.ޑީ' ސެޝަންތަކެއް ކަމަށާއި އިންސްޓިޓިއުޓްގެ ވީހާވެސް ގިނަ މެމްބަރުން މި ސެޝަންތަކުގައި ބައިވެރިވުމަށް އެ އިންސްޓިޓިއުޓްގެ ފަރާތުން ވަނީ އިލްތިމާސްކޮށްފަ އެވެ. ފޯރަމްގައި ރަޖިސްޓަރ ކުރުމުގެ މުއްދަތު ހަމަވާނީ 8 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 15:00 އަށެވެ.

ފޯރަމްގައި ބައިވެރިވުމަށް ތިރީގައިވާ ލިންކުން ރަޖިސްޓަރ ކުރެއްވޭނެއެވެ:

 https://accountantsforum.camaldives.org/

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް