ads
މެންޗެސްޓަރ- އެޓްލާންޓާ މެޗުގެ ތެރެއިން
ފަހު ވަގުތު ރޮނާލްޑޯ ޔުނައިޓެޑް ސަލާމަތްކޮށްދީފި
ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އެޓްލާންޓާއާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު މެޗު ދެ ލަނޑު ދެ ލަނޑުން އެއްވަރު ވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ، އެޓްލާންޓާއާ ޔުނައިޓެޑު އެއްވަރުވި މެޗުގައި ޔުނައިޓެޑުން ޖެހި ދެ ލަނޑުވެސް ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެޓްލާންޓާއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު އެޓްލާންޓާއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، ޔުނައިޓެޑުން އެއްވަރު ކުރީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ތެރޭ ރޮނާލްޑޯއެެވެ. 

ދެވަނަ ފަހަރަށް އެޓްލާންޓާއިން ދެވަނަ ހާފުގެ ތެރޭގައި ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރޮނާލްޑޯވަނީ ދެވަނަ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް ބަލިން ސަލާމަތްކޮށްދީފައެވެ. މި ނަތީޖާއާކުއެކު ޔުނައިޓެޑު އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް