ads
އޭޖީ ރިއްފަތު--
ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކާއި ބެހޭ ގާނޫނު އިސްލާހުކުރަނީ
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޭޖީ އޮފީހުން ރައީސް އޮފީހަށް ހަތަރު ބިލެއް ވަނީ ފޮނުވާފައެވެ. 

އެއީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމާއި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ  ބިލެކެވެ. 

ހަތަރު ބިލެއް ހުށަހަޅަން ފޮނުވިއިރު، 19 ވަނަ މަޖިލީހަށް ސަރުކާރުން މިހާތަނަށް ހުށަހެޅި ބިލުތަކުގެ އަދަދަކީ 102 އެވެ. އޭގެ ތެރެއިން 27 ބިލެއް ފިޔަވައި އެހެން ހުރިހާ ބިލެއްގެ މަސަައްކަތް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ބިލުތައް ނުލިބޭތީ މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދުވަމުންދާ ކަަމަށެވެ. އަދި ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށަހަޅަން އޮތްނަމަވެސް މިހާތަނަށް ލިބުނީ އެންމެ ހަތަރު ބިލުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް