ads
ޑަބްލިއުޓީއެމް އަށް ރައީސް ޒިޔާރަތް ކުރެއްވުން : ފޮޓޯ ރައީސް އޮފީސް
ވޯލްޑް ޓެރެވެލް މާރކެޓަށް ރައީސް ޒިޔާރަތްކުރައްވައިފި
އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް، ޑަބްލިއުޓީއެމްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ސޯލިހް ވަނީ ވޯލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި 58 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ތަމްސީލުކުރާ ފަރާތްތަކާއި ބައްދަލުކުރައްވައި ކޮވިޑްގެ މި ދަތި އުނދަގުލުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ކަމަށްޓަކައި ހިތްވަރުދެއްވާފައެވެ. 

ވޯލްޑް ޓްރެވަލް މާކެޓަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިޔަށްގެންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ޙަރަކާތެވެ.

މިއަހަރު އެ ޙަރަކާތް ކުރިޔަށްގެންދަނީ ހައިބްރިޑް ޙަރަކާތެއްގޮތަށެވެ. މިގޮތުން މި ޙަރަކާތުގެ ޢަމަލީ ބައި ކުރިޔަށްގެންދަނީ ނޮވެމްބަރު 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް އެކްސެލް ލަންޑަންގައެވެ. އަދި މި ޙަރަކާތުގެ ވަރޗުއަލް ބައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މުޅި ވޯރލްޑް ޓްރެވަލް މާކެޓް ވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. މިއަހަރު ވޯރލްޑް ޓްރެވަލް މާކެޓް ބްރޭންޑްކޮށްފައިވަނީ އާ ޚިޔާލުތަކާއި، އާ ޓެކްނޮލޮޖީ އަދި ކުދި ބޮޑު ހުރިހާ ކަމަކަށް ޙައްލު ހޯދުމުގެ ތެރެއިން އަންނަން އޮތް ފަތުރުވެރިކަމުގެ ޖީލުތައް ކުރިއަރާނެގޮތަކަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމާއި، ހިމެނޭހެން ރާއްޖޭގެ ވަފްދެއް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް