ads
ޝާހުރުކް ހާން
ޝާހް ފާއިތުވި 20 އަހަރު ކުރަމުން އައި ކަމެއް މެދުކެންޑިއްޖެ
ބޮލީވުޑުގެ "ކިންގް" ޝާހުރުކް ހާން ފާއިތުވި 20 އަހަރު ތެރޭގައި ކުރަމުން އައި ކަމެއް މެދުކެނޑިއްޖެ އެވެ.

މީގެ 20 އަހަރު ކުރިން 2001 ވަނަ އަހަރުން ފެށިގެން ޝާހުރުކް ހާނަކީ އޭނާގެ އުފަން ދުވަހު، (ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު) އޭނާގެ ގޭގެ ބެލްކަނިން، ސަޕޯޓަރުންނާއި ބައްދަލު ކުރާ މީހެކެވެ. ފާއިތުވި 20 އަހަރު ޝާހް ވަނީ މިކަން ކޮށްފައެވެ. އަދި މިއީ ޝާހުގެ ސަޕޯޓަރުން ކޮންމެ އަހަރަކު ވެސް އެންމެ އިންތިޒާރުކުރާ އެއް ވަގުތުކޮޅެވެ.

ޝާހުގެ އުފަން ދުވަހު ބެލްކަންޏަށް ނިކުމެ ހުރިހާ ސަޕޯޓަރުންނަށް އަތް ހޫރުވާލާ، އޭގެއިތުރުން އޭނާގެ ސިގްނެޗާ ސްޓެޕް ބެލުންތެރިންނަށް ދައްކާލަ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޝާހުގެ ސަޕޯޓަރުން ދިޔައީ މި ހާއްސަ ވަގުތަށް އިންތިޒާރު ކުރަމުން ނަމަވެސް، މި އަހަރު އޭނާގެ ގޭގެ ބެލްކަނިން ސަޕޯޓަރުންނާއި ބައްދަލު ކޮށްފައެއްނުވެއެވެ. އެހެންކަމުން މިކަން ވެގެން ދިޔައީ ޝާހުގެ ސަޕޯޓަރުން ރޮއްވާލި ކަމަކަށެވެ.

ވިހި އަހަރުވަންދެން އާދައެއްގެ ގޮތުގައި ކުރަމުން އައި ކަންތައް މެދުކެނޑުނީ، އޭނާގެ ދަރިފުޅު އާރިޔަން ހާންގެ ސަބަބުންނެވެ. އާރްޔަން ވަނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި މި ނިމުނު އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ހައްޔަރު ކުރުމަށްފަހު އެމަހުގެ 30 ވަނަ ދުވަހު ގެޔަށް ދޫކޮށްލާފައެވެ. 

އާރިޔަންގެ މި މައްސަލައިގެ ސަބަބުން ޝާހް ވަނީ އޭނާގެ ފިލުމު ''ޕަތަން'' ގެ ޝޫޓިން ވެސް މެދު ކަނޑާލާފައެވެ. އަދި މި އަހަރުގެ އުފަން ދުވަސް ވެސް ޝާހް ކުލަގަދަކޮށް ފާހަގަ ކޮށްފައެއް ނުވެއެވެ.

20%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް