ވީއައިއޭގެ އާ އޭޕްރަންއަށް މއިަދު ޖެއްސި މޯލްޑިވިއަންގެ ޕްލައިޓް: ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އާ އޭޕްރަން ބޭނުން ކުރަން ފަށައިފި
Share
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީ ކުރި އާ އޭޕްރަން މިއަދު ހުޅުވައި، ބޭނުން ކުރަން ފަށައިފިއެވެ.
Advertisement

މި އޭޕްރަންގައި ފްލައިޓް ޕާކްކޮށް ޓެސްޓުކޮށްފައިވަނީ ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މި އޭޕްރަން ހުޅުވުމުގެ ގޮތުން މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިންއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓް Q2707 އަށެވެ. ބޯޓަށް މަރުހަބާކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް ވަނީ ދީފައެވެ.

އޭޕްރަން ހުޅުވުމުގެ ގޮތުން ބޭއްވި އިވެންޓަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ ގޯރޑޮން އެންޑުރޫ ސްޓެވަރޓް ވިދާޅުވީ ވެސްޓް އޭޕްރަން ހުޅުވުމާއެކު ކުރިއަށްވުރެ އަވަހަށް ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށެވެ. މިއޭޕްރަން ޑޮމެސްޓިކް ޓާރމިނަލްއާ ކައިރިވުމުން، މީގެފަހުން ފަސިންޖަރުން އުފުލުމުގައި ބަހުގެ ބޭނުމެއް ނުޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި އެޕްރާންގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ތިޔާގި ދުވަސްވަރު ކަމަށްވާތީ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި އިތުރު މުވައްޒަފުންނާއި ވަސީލަތްތައް ހޯދަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މި އޭޕްރަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗީވް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ ގޯދަން އެންޑްރިއު ސްޓެވާޓް، އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދުގެ އިތުރުން އެއާލައިން އޮޕަރޭޓަރ ކޮމިޓީގެ ޗެއާމަން މަހުޖޫބް އަބްދުﷲ ބައިވެރިވެވަޑައިގެންނެވެ.

ވީއައިއޭގެ ދެކުނު ފަރާތުގައި އަލަށް ހެދި މި އޭޕްރަން ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ ޕާކު ކޮށްފައިވަނީ އިންޑިއާއިން ރާއްޖެއަށް އައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ. އެބޯޓު ޕާކު ކުރުމުން އެއާޕޯޓުން ވަނީ ބޯޓަށް ވޯޓަ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ.

މި އޭޕަރަންއަކީ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ ފްލައިޓްތަކަށްވެސް ޕާކް ކުރެވޭނެގޮތަށް ހަދާފައިވާ އޭޕަރަންއެކެވެ. މިތަނުގައި ޖުމުލަ 9 އެއަރކްރާފްޓްއަކަށް ޕާކްކުރެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މިގެ އިތުރުން މިހާރު ތަރައްޤީކޮސްފައިވާ އޭޕްރަންގައި އެކިކަންކަން އަންގައިދޭ މުހިއްމު ނިޝާންތަކެއްވެސް ވަނީ ކުރުހާފައެވެ. މިއީ އެ ސަރަޙައްދުގައި ސަލާމަތީގޮތުން އަޅާފައިވާ ފިޔަވަޅެއްކަމަށް އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ތަރައްގީ ކުރާ އޭޕްރަންތަކުގައި ފްލައިޓްތަކަށް ތެޔޮ އެޅުމަށް ފިއުލް ބައުޒަރާނުލާއި، ފިއުލް ހައިޑްރަންޓް ނެޓްވޯކް އަޅައިގެން ބޯޓަށް ހޮޅިއެއް ބޭނުންކޮށްގެން ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖައްސާފައި ހުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް