ads
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ---ފޮޓޯ:ޕީއެސްއެމް
ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ފިލައިގެން ރިޕޯޓުކޮށްފައެއް ނުވޭ: ފުލުހުން
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން މިއަދު ކުޑަ ކުއްޖަކު ފިލައިގެން އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން މިއަދު ކުޑަ ކުއްޖަކު ފިލައިގެން އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހުރި އަންހެން ކުއްޖަކު އެތަނުން ފިލައިގެން ލޯންޗެއްގައި ރަށަށް ފުރައިގެން ދިޔަ މައްސަލައެއްގައި އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަގެ އަޑުތައް ވަނީ ފެތުރިފައެވެ.

ނަމަވެސް ސީއެންއެމްއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ފިލައިގެން އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ހުށައަޅާފައިނުވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ކުޑަކުދިންގެ ހިޔާއިން ފިލައިގެން އުޅޭ އަޑު ދޭތެރެ ދޭތެރެއިން އިވެއެވެ. އޭގެ އިތުރުން އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހިޔާ އަދި ފިޔަވަތީގެ ފާރުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން އަންނަނީ 150 ކުއްޖެކެވެ. އޭގެ ތެރޭގައި ހިމެނެނީ 12 އަހަރުން ދަށުގެ 106 ކުއްޖަކާއި 12 އަހަރުން މަތީގެ 44 ކުއްޖެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް