ads
ހުވަދޫއެއިޑްގެ ޓީމް ރައީސް ނަޝިދުއާ ބައްދަލު ކުރެއްވުން
ކޮޕް 26: ހުވަދޫ އެއިޑް އިން ރައީސް ނަޝީދުއާ އެކު މަޝްވަރާކޮށްފި
ކޮޕް26 ގައި ބައިވެރިވާ ހުވަދޫ އެއިޑުގެ ޓީމުން ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ އެމްބެސެޑާރ ކުރީގެ ރައީސް, ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރމެންޓް މިނިސްޓާރ އާމިނަތު ޝައުނާއާއި ބައްދަލު ކޮށްފިއެވެ.

 ވަކިވަކިން ބޭއްވި ބޭއްވި މިބައްދަލުވުންތަކުގައި ހުވަދޫ އެއިޑުން ކޮޕް26 ގައި ކުރާ މަސައްކަތްތަކާއި, ހުވަދޫ އެއިޑްގެ ޕްރޮގްރާމްތަކާއި އަދި ކްލައިމެޓް ފައިނޭންސްގެ ތެރެއިން ކޮމިޔުނިޓީ ބޭސްޑް ޕްރޮގްރާންތަކަށް އެހީތެރިކަން ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ރައީސް ނަޝީދާއި އެކުބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކްލައިމެޓް ޗޭންޗުގެ ސަބަބުން އަންހެނުންނަށް ކުރާ އަސަރަރު ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންނާއި ކްލައިމެޓް އެޑަޕްޓޭޝަންގެ ދާއިރާއިން ރާއްޖެއަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. 

މިދާއިއިން ހުވަދޫ އެއިޑާއި މަދަނީ ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ކޮޕް26 ގައި ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅޫވެ ހުވަދޫ އެއިޑްގެ ޓީމަށް  ރައީސް ނަޝީދު ހިއްވަރު ދެއްވިއެވެ. ހުވަދޫ އެއިޑްގެ ޑެލިގޭޝަންގައި މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާއި ސައުތުހުވަދޫ ޕާޓްނާސްގެ މެންބަރުން ހިމެނެއެވެ,

ކޮޕް 26 ގައި ބައިވެރިވާ ހުވަދޫ އެއިޑްގެ  ޓީމުންވަނީ އެމެރިކާގެ ގެރެޓްނާ ސިޓީގެ މޭޔަރ ބެލިންޑަރ ސީ ކޮންސްޓެންޓް އަދި ގްރީންވިލް ސިޓީގެ މޭޔަރު އެރިކު ޑީ ސިމޮންސްގެ  އިތުރުން ބައެއް ބައިނަލް އަގުވާމީ ޖަމްއިއްޔާތަކުގެ ދެލިގޭޓުންނާއިވެސް ބައްދަލުކޮށް މަޝްވަރާތައް ބާއްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް