ads
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ފޮލިސް
ކައުންސިލް އިންތިހާބުގެ ސަލަމާތީ ކަންކަމާ ގުޅިގެން ފަހުމުނާމާއެއްގައި ސޮއިކޮށްފި
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ސަލަމާތީ ކަންކަން ބެލެހެއްޓުމާއި، ލޮޖިސްޓިކްސް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ސަލަމާތީ ކަންކަން ބެލެހެއްޓުމާއި، ލޮޖިސްޓިކްސް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފަހުމުނާމާގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްއެވެ.

އެރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެލެެއްވިއެވެ.

ފަހުނާމާގައި ސޮއިކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ އިންތިހާބުތަކެއްކަމަށާއި މިފަހަރުގެ އިންތިހާބަކީ ވޭތުވެދިޔަ އިންތިހާބުތަކާއި އަޅާބަލާއިރު ގިނަ ކަންކަމަށް ބަދަލުތަކެއް އައިސްފައިވާ އިންތިހާބެއްކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެފަދަ ބޮޑު އިންތިހާބެއް ބޭއްވިގެންދަނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަން އިލެކްޝަން ކޮމިޝަނަަށް ލިބިގެންކަމަށާއި އެގޮތުން ފުލުހުންނަކީ އިލެކްޝަން ކޮމިޝަނާއެކު ގާތް ގުޅުމެއް ބާއްވާއި، ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަނާއެކު އެކީގައި މަސައްކަތްކުރާ ބައެއްކަން ފާހަގަކުރައްވައި، ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއެކު ކުރިން ބޭއްވި އިންތިހާބުތަކުގައިވެސް ފުލުހުންގެ ފަރާތުން ވަރަށް ރަނގަޅަށްު މަސައްކަތްކޮށްދީފައިވާ ކަމަށާއި އެހެން އިންތިޚާބުތަކެކޭވެސް އެއްފަދައިން މިފަހަރުގެ އިންތިޚާބުގައިވެސް އެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އެރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ފާއިތުވެދިޔަ އިންތިހާބުތަކެކޭ އެއްފަދައިން މި އިންތިހާބުގައިވެސް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ މި އިންތިހާބަކީ ހުރިހާ ފަރާތްތަކެއްގެ ހައްގުތައް ރައްކާތެރިކުރެވި އެންމެންނަށް އަމާން ރައްކާތެރި މާހައުލެއްގައި ތިބެ އިންތިހާބުގެ ކަންކަން ފުރިހަމަ ވެގެންދާނެ އިންތިހާބަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު މިދިޔަ ހަފްތާގެ ތެރޭގައި އައްޔަންކޮށްފައިވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި، އިންތިހާބާ ގުޅިގެން ފުލުހުންގެ ތައްޔާރީތައްވެ، ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް