ads
ޑޯނިއާ ފްލައިޓް ދުއްވުމުގެ ހުއްދަ ލިބުނު ޕައިލެޓަކަށް ބެޖް ހަވާލްކުރުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓް ދުއްވުމަށް ދެ ދިވެހި ޕައިލެޓުން!
އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓް ދުއްވުމަށް ތަމްރީން ހެދި ދިވެހި ދެ ސިފައިންނާ ސީޖީ އޭވިއޭޝަން ސްކޮޑް ބެޖް މިއަދު ހަވާލުކޮށްފި އެވެ.

މި ދެ ޕައިލެޓުންނަށް ބެޖް ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އެވެ.

މިއަދު ބެޖު ހަވާލުކުރި ދެ އޮފިސަރުންނަކީ އަވަށްޓެރި އިންޑިއާގެ އާމްޑް ފޯސް އިން ތަމްރީން ހެދި ދެ ޕައިލެޓުންނަކީ ފަސްޓް ލެފްޓިނެޓް އިބްރާހިމް ޝަރީފް އަދި ލެފްޓިނެޓް އަހުމަދު އަލީ އެވެ.

މިކަމާއި ގުޅޮގެން މޭޖާ ޖެނެރަލް އަބްދުالله ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ ފްލައިޓް ދުއްވަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

މީގެ އިތުރުން އެ ދެ ޕައިލެޓުންނަށް އިންޑިއާ އިން ތަމްރީން ދެއްވި ސިފައިންނަށް ވަނީ ޝުކުރި ދަންނަވާފަ އެވެ.

ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ސަބަބުން އެމްއެންޑީއެފް ތަހުގީގު ތަކަށް އިތުރު ފަސޭހައެއް ލިބިގެންދެ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް