ads
އައްޑޫ ސިޓީ ހިތަދޫ މެދުދާއިރާ މެންބަރު އަހުމަދު ރަޝީދު
އައްޑޫ އެއާޕޯޓް ވަނީ ފަޅުވެފައި: އެމްޕީ އަހުމަދު ރަޝީދު
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އެވަނީ ފަޅުވެފައި ކަމަށާއި އައްޑޫ ސިޓީގެ ބައިނަލްއަގުވާމީ ޕޯޓުވެސް އެވަނީ އެހާލަތުގައި ކަމަށް އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

2022 ވަނައަހރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ އެއާޕޯޓާ ގުޅިގެން ހިންގަންޖެހޭ މަޝްރޫއުތައް  ނުހިންގައިތިބެ ، ކޮންމެއަހަރަކު ބަޖެޓުން 60 ހަކަށް މިލިޔަން ރުފިޔާ އެއާޕޯޓަށް ހަރަދު ކުރުމަކުން އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

މެންބަރު ރަޝީދު ވިދާޅުވީ އެޢާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރު ކުރެވޭނީ އެއާޕޯޓާއި ގުޅިފައިވާ މަޝްރޫއުތަކާއި ވިޔަފާރިތައް އިތުރު ކޮށްގެން ކަމަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ ޓޫރިސްޓް ބެޑް އައްޑޫ ސިޓީގައި އިތުރު ކުރުމަކީ ހަމައެކަނި މިސަރުކާރުގެ ވައުދެއް ނޫން ކަމަށާއި ކުރީސަރުކާރުގެވެސް ވައުދެއް ކަމަށެވެ. އެހެންނަމަވެސް އެކަން ނުވާކަމަށާއި އޭގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ނުދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އައްޑޫ ސިޓީގައި އޮންނަނީ ޖުމްލަ ތިން ރިސޯޓެވެ. އޭގެތެރެއިން ދެރިސޯޓު މިހާރުވެސް އޮތީ ބަންދު ކޮށްފައެވެ. 

ރަޝީދު ވިދާޅުވީ ޝަންގްރިއްލާ ރިސޯޓަކީ ދައުލަތުގެ ހިއްސާއެއް އޮންނަ ރިސޯޓެއ ްކަމަށާއި އެރިސޯޓު ހުޅުވައި ދިނުމަޚި އަޑޫ ރއްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ހެރެތެރެވެސް ހުޅުވޭނެ ގޮތް ، ގާނޫނަށް ބަދަލުގެނެސްގެންވެސް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އައްޑޫ ސިޓީގެ ރައްޔިތުންނާ ޒުވާނުންގެ ހައްގުގައި މިމަސައްކަތް ކުރެވެން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން " މެންބަރު ވިދާޅުވިއެވެ. 

އޭނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ވަޒީފާ ނެތިފައިތިބި މީހުންނަށް އިނާޔަތް ދިނުމުގެ ކަންކަން ވީހާއަވަހަށް ފެށުމަށާއި، ހޯމްސްޓޭ ޓޫރިޒަމްގެ ހުއްދަ މިއަދުން މިއަދަށްވެސް ދެއްވުން އެދޭ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް