ads
ސޫރިޔަވަންޝީ ގައި ފެނިގެންދާ މައިގަނޑު ތަރިން…
“ސޫރިޔަވަންޝީ” ބޮލީވުޑް ބޮކްސް އޮފީހުގައި ވެސް ހިޓަކަށް!
އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފް އެކުގައި ލީޑު ރޯލުން ފެނިގެންދާ ފިލްމު “ސޫރިޔަވަންޝީ” ބޮލީވުޑް ބޮކްސް އޮފީހުގައި ވެސް ކާމިޔާބު ފިލްމަކަށް ވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމު ވަނީ ރިލީޒްކުރިތާ މާ ގިނަ އިރު ނުވަނީސް ލީކު ވެސް ކޮށްލާފައެވެ.

އެހެން ނަމަވެސް ފިލްމަށް ލިބެމުންދާ އާމްދަނީ ވަރަށް ރަނގަޅު ކަމަށް މީޑިއާތަކުގައި ވަނީ ހާމަކޮށްފައެވެ.

އެގޮތުން ފިލްމު ރިލީޒްކުރިތާ ފަސް ދުވަސް ތެރޭ ފިލްމަށް 100 ކުރޯޑް ލިބި އެ ފިލްމު ވަނީ ބޮލީވުޑް ބޮކްސް އޮފީހުގެ 100 ކުރޯޑް ލިބޭ ލިސްޓުން ޖާގަ ހޯދާފައެވެ.

ފިލްމީ ކްރިޓިކުންގެ ވެސް ރަނގަޅު ކޮމެޓްތަކެއް ފިލްމަށް ލިބެމުންދާއިރު ގިނަ ބަޔަކު ބުނަނީ އެ ފިލްމުގައި ހުރިހާ ރަހައެއް ވެސް ހެޔޮވަރު ކަމަށެވެ.

ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ކުށުގެ ވެށި ހަމައަކަށް އަޅުވައި، ކުށްވެރިިންނަށް އަދަބުދޭން ފުލުހަކު ކުރާ ހިތްވަރު ގަދަ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގައި އަކްޝޭ އަދި ކެޓްރީނާ އާއެކު ދެން ފެނިގެންދަނީ އަޖޭ ދޭވްގަން އަދި ރަންވީރު ސިންގް އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް