ރާއްޖެއާ ލަންކާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ރާއްޖެއާ ލަންކާ އަނެއްކާވެސް ވޮލީ މެޗުތަކެއް
Share
ދިވެހިރާއްޖޭގެ ގައުމީ ވޮލީ ޓީމާ، އަވައްޓެރި ލަންކާގެ ގައުމީ ވޮލީ ޓީމާއެކު މާލޭގައި އަނެއްކާވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަ ޖެހިއްޖެއެވެ.
Advertisement

ރާއްޖެއާ ލަންކާގެ ވޮލީ މެޗުތަކެއް ކުޅެން ހަމަ ޖެހުނުކަން އިއުލާން ކުރެއްވީ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު، ލަންކާގެ ކުޅިވަރު ވަޒީލް ނަމަލް ރާޖަޕަކްސާއާ ބުރާސްފަތި ދުވަހު ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރު މަހްލޫފު ވިދާޅުވި ގޮތުގައި އެކުވެރިކަމުގެ މި މެޗުތައް ކުޅޭނީ އަންނަ މަހުއެވެ.

ރާއްޖެއާ ލަންކާއާ ދެމެޗު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަ ޖެހުނު ނަމަވެސް މެޗުތަކުގެ ތާރީޚު އަދި ކުޅޭނެ ތަނެއް ހާމައެއް ނުކުރެއެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުޅޭނެ ތާރީޚުތަކާއި އަދި މެޗުތަކާ ބެހޭ އިތުރު ކަންކަން ހާމަކުރާނެއެވެ.

ދެހާސް ނަވާރަވަނަ އަހަރުވެސް ރާއްޖެއާ ލަންކާއާ ދެމެދު ފޯރިގަދަ މެޗުތަކެއް މާލޭގައި ކުޅެވުނެވެ. މިނިސްޓަރު މަހްލޫފުގެ އިސްނެގުމަކަށް ކުޅެވުނު ފޯރިގަދަ މި މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް