ads
ނައިބް ރައީސް ފައިސަލް ނަސީމް، އަލްޖެރީ ހޯލްޑިން ގްރޫޕްގެ ސީއީއޯއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ނައިބް ރައީސް، އަލްޖެރީ ހޯލްޑިން ގްރޫޕްގެ ސީއީއޯއާ ބައްދަލުކުރައްވައިފި
ނައިބް ރައީސް ފައިސަލް ނަސީމް އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދައުވަތަކަށް ކުވެއިތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ފައުންޑޭޝަންގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ތަލާލް ޚަލިފާ އަލް ޖެރީގެ އިތުރުން ކުވެއިތުގެ ބައެއް ޖަމިއްޔާ ތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
ނައިބް ރައީސް ފައިސަލް ނަސީމް އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދައުވަތަކަށް ކުވެއިތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ފައުންޑޭޝަންގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ތަލާލް ޚަލިފާ އަލް ޖެރީގެ އިތުރުން ކުވެއިތުގެ ބައެއް ޖަމިއްޔާ ތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބް ރައީސް ކުވެއިތުގެ ޖަމިއްޔާތަކާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރުން ޤުރުއާން އަދި އަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

އަދި އެމަނިކުފާނު ވަނީ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން ކުވެއިތުގައި ހުންނަ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖާމަން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގައި ހުރި ވަސީލަތްތައް ބައްލަވާލައްވާފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ނައިބް ރައީސްގެ މިދަތުރުފުޅުގައި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40,000 ފޮތް ހަދިޔާކުރައްވާފަ އެވެ. މީގެއިތުރުން އަލްޖެރީ ހޯލްޑިން ގްރޫޕްގެ ފަރާތުން ވަނީ އިސްލާމިކް މިނިސްޓްރީއަށް 10,000 މުސްހަފް ހަދިޔާކޮށް، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ މަރުކަޒެއް ގާއިމުކުރުމަށް ޝައުގުވެރިވާކަން ފާޅުކޮށްފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްޠަފާ ލުތުފީ ބައިވެރިވެވަޑައިގަންނަވަ އެވެ.

މިޒިޔާރަތުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ވަނީ ކުވެއިތުގެ ބައިތުލް ޒަކާތުގެ އިސް ބޭފުޅުންނާ ވެސް ބައަދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް