ads
ހުޅުމާލޭގައި ރޭ ހުޅުވި ފެންއަރުވާ ވަޑާން ދައްކާލަނީ
އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލޭގައި ހުޅުވައިފި
އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ސެންޓްރަލް ޕާކުގައި ތަރައްޤީކޮށްފައިވާ ސެންޓްރަލް ޕާކުގެ އިންޓަރެކްޓިވް ވޯޓަރ ފައުންޓަން ރޭ އިފްތިތާހް ކޮށްފިއެވެ.

މިކަމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ފައްވާރު އިފްތިތާހް ކޮށްދެއްވާފައިވަނީ މިނިސްޓަ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން އަދި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

your imageހުޅުމާލޭ ފެންއަރުވާ ވަޑާން ޑރ ހުސައިންރަޝީދު ހުޅުވައިދެއްވަނީ 

މި އިންޓަރެކްޓިވް ފައުންޓަންނަކީ މިއުޒިކާއި ލައިޓާއި އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައިވާ، ޖުމްލަ 20 ހާސް އަކަފޫޓުގެ ޖާގައިގާއި ހަދާފައިވާ ފައްވާރެކެވެ. އަދި ފެން 15 މީޓަރާއިހަމައަށް ހަރަކާތް ކުރުމުގެ ތެރޭގައި ހިއްލޭނެއެވެ.

your imageހުޅުމާލޭ ފެންއަރުވާ ވަޑާން

 މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސްއަށް ހަވާލު ކުރެވިގެންނެވެ. ރޭ ރަސްމީކޮށް ހުޅުވާލެވުނު މި އިންޓަރެކްޓިވް ފައުންޓަން އަކީ ސެންޓްރަލް ޕާކު ތަރައްޤީ ކުރުމަށް ބަހާލައިފައިވާ ޒޯންތަކުގެ ތެރެއިން މުހިއްމު އެއް ޒޯނެވެ.

your imageޑރ ހުސައިންރަޝީދު ފެންއަރުވާ ވަޑާން ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި

މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ ރެކްރިއޭޝަން ޒޯނާއި، މިސްކިތެއް ހިމެނޭގޮތަށް ތަރައްޤީ ކުރެވޭ ސަރަހައްދު ފާހަގަކުރައްވާ، މީގެ އިތުރުންވެސް މިގޮތަށް ހުންނަ ހުސް ޖާގަތަށް ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އާބަން ފާމިން ސަރަޙައްދުގެ މަސައްކަތްތައް ފުޅާކޮށް މިފަދަ އޯޕަން ގްރީން ސްޕޭސް ތަކުން މަންފާ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުންފުނީގެ ފަރާތުން ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް