ads
އައްޑޫ އަށް ލެއްގި ބޮޑު މަސް...
40 ހަކަށް ފޫޓުގެ މަރުވެފައޮތް ބޮޑު މަހެއް އައްޑޫއަށް!
އައްޑޫސިޓީ އަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގައިފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ ކައުންސިލުން ބުނީ، މަރުވެފައި އޮތް މަހުގައި 40 ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ.

އެ މަސް މަރުވެގެން ލައްގާފައި އޮތީ ހިދަތޫ އީދިގިލި ސަރަހައްދު ފުއްޓަރާ ދިމާލަށެވެ.

ކައުންސިލުން އިތުރަށް ބުނީ، މަހުން ވަރަށް ބޮޑަށް ކުނި ވަސް ދުވާ ކަމަށާއި ރަށުތެރެއަށް ވެސް ކޮންމެވެސް ވަރަކަށް ވަސް ފެތުރިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން އެ މަސް އެތަނުން ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެ ކައުންސިލުން ބުނީ، ލައްގާފައި އޮތް ބޮޑު މަސް މިއަދު ނަގާނެ ކަމަށެވެ.

މަދުން ނަމަވެސް ބޮޑެތި މަސް މަސް މަރުވެގެން ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ލައްގާކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ހއ.ތަކަންދޫއަށް ވެސް ވަނީ މަރުވެފައި އޮތް ބޮޑު މަހެއް ލައްގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް