ads
ކަޅުވެފައިވާ ކަރެއް…
ކަރުދޮށް ކަޅުވޭތަ؟ އަޅެ ގޮތްބަލަން މިކަންކަން ކޮށްލަބާ!
ބައެއް މީހުންގެ ކަރު ނުވަަތަ ކަރުދޮށް ކަޅުވުން މިއީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ވަކި އަވީގައި އުޅުމުން ކަޅު ވަނީކީ ވެސް ނޫނެވެ. ހަންގަނޑަށް އަންނަ ބަދަލަކުން ބައެއް ފަހަރު ކަރުދޮށަށް ބަދަލު އަންނަނީ އެވެ.

މި މައްސަލަ ދިމާވާ ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކާ ކަރުގެ ނުވަތަ ކަރުދޮށުގެ ކުލަ އަލިކޮށް ސާފުކުރަން ތަފާތު ޑޮކްޓަރީ ބޭސް ތަކާއި ފާޑު ފާޑު ކްރީމްތައް ހާކާ ކަމަށް ވެއެވެ.

އެހެން ނަމަވެސް ބައެއް ފަހަރު މި ބޭސްތަކުން ވެސް އެދޭ ނަތީޖާ ނުފެނެއެވެ. މި މައްސަލަ ހައްލުވޭތޯ ގޭގައި ހުރެ އަމިއްލައަށް ދުވަސް ކޮޅަކު ބަރާބަރަށް މަސައްކަތްކޮށްލަ ބަލާށެވެ.

އަޖުމަ ބަލާލުމަށް ގޭގައި ތިބެ އަމިއްލަ އަށް ތައްޔާރުކޮށް ކޮށްލެވިދާނެ ބައެއް ކަންކަން:

އެލޯވެރާ ޖެލް

your imageއެލޯވެރާ ޖެލް…

ފައިދާ ހުރި އެތައް މާއްދާއެއް އެކުލެވޭ އެލޯވެރާ އަކީ ކަރު ކަޅުވާނަމަ ހާކަން ރަނގަޅު އެއްޗެކެވެ. އެލާވެރާ ފަތެއްގެ ޖެލްކޮޅު ކަހާލުމަށް ފަހު ކަރާއި ކަރު ދޮށުގައި މަސާޖުކޮށްލާާާާށެވެ. މީގެ ސަބަބުން ކަރުގެ ކުލަ އަލިވެ ހަޑިތައް ފިލުވައިދިނުމަށް އެހީވެދެއެވެ.

އަލުވި ދިޔަ

your imageއަލުވިން ނަގާ ދިޔަ…

އަލުވި އަކީ ކަރުދޮށް ހަޑިވެ ކަޅުވާ ނަމަަ އެ މައްސަލަ އަށް ހައްލު ގެނެސްދިނުމަށް ފައިދާހުރޮ އެއްޗެއް ކަމަށް ވެއެވެ. އަލުވިއެއްގެ ދިޔަ ފެލުމަށްފަހު ކަފަ ބޭނުންކޮށްގެން ކަރުގައި ހާކާށެވެ. މީގެ ސަބަބުން ހަޑިތައް ފިލުވައިދީ ބިހި ނެގުން ދުރުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެޕަލް ސައިޑަ ވިނިގާ

your imageއެޕަލް ސައިޑަ ވިނިގާ…

އެޕަލް ސައިޑަ ވިނިގާ އަކީ ހަންގަޅުގެ ޕީއެޗް ލެވެލް އެއް ހަމަ އެއްގައި ހިފާޓާދިނުމަށް މަސައްކަތްކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ދެ މޭޒުމަތީ ސަމްސާގެ އެޕަލް ސައިޑަ ވިނިގާ  ހަތަރު މޭޒުމަތީ ސަމްސާގެ ފެނަށް އެއްކޮށް ކަފަ ބޭނުންކޮށްގެން ރަނގަޅަށް ކަރުދޮށުގައި ހާކާށެވެ. އަދި ހިކުމުން ދޮވެލުމަށްފަހު ކަރަށް މަސާޖް އެއް ދެވިދާނެއެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި މި ތިން ކަންތަކުން ރަނގަޅު ނަތީޖާ ވަނީ މިހާތަނަށް ފެނިފައެވެ. އަޅެ ގޭގައި ތިބެ މިކަންކަން އަޖުމަ ބަލާލަބަލާށެވެ.

54%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް