ads
ސޫރްޔަވަންޝީއަށް ވަނީ ފުރަތަމަ ފަސް ދުވަހު އެކަނިވެސް ކްރޯޑް ރުޕީސް ލިބިފައި-
"ސޫރްޔަވަންޝީ" ބޮޑު އަގެއްގައި ނެޓްފްލިކްސް އަށް ވިއްކާލައިފި
އަކްޝޭ ކުމާރުގެ ފިލްމު ސޫރްޔަވަންޝީ ބޮކްސް އޮފީސްގައި ކާމިޔާބުކަމާއެކު ރިކޯޑްތައް މުގުރާލުމްށް ފަހު ބޮޑު އަގެއްގައި ނެޓްފްލިކްސް އަށް ވިއްކާލައިފި އެވެ.

ފިލްމު ރިލީސްކުރިތާ ފަސް ދުވަސްތެރޭ 100 ކްރޯޑް ރުޕީސް ބޮކްސް އޮފީހުގައި ލިބުނު ފިލްމު ނެޓްފްލިކްސް އަށް ވިއްކާލާފަ ވަނީ 100 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަކްޝޭގެ އިތުރުން އަޖޭ ދޭވްގަން އަދި ރަންވީރު ސިން ވެސް ލީޑް ރޯލްތަކުން ފެނިގެންދާ ސޫރްވަންޝީ ނެޓްފްލިކްސް އިން ދައްކަން ފަށާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ކޮވިޑް-19 ޕެންޑެމިކް ފެށި ފަހުން ސިނަމާގައި ރިލީސްކުރި ފުރަތަމަ ފިލްމުގެ ކާމިޔާބީއާއެކު އަކްޝޭ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އަކްޝޭ ބުނީ ސިނަމާގައި ފިލްމު ރިލީސްކުރަން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފޭނުން ސާބިތުކޮށްފި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް