ads
ލ.ފޮނަދޫ މަގެއްގައި ފިނިހަކަތަކެއް.. ފޮޓޯ/ ފޭސްބުކް
ލ. ފޮނަދޫގައި ފިންޏަށް ނުކުން ފިނިހަކަތަކުގެ އުނދަގޫ ބޮޑުވެ ބޮޑު ތުރާލަކަށް!
ލ. ފޮނަދޫ މަގު ތަކުގައި އާދަޔާ ހިލާފަށް ފިނިހަކަ ގިނަ ވެ އާންމުންނަށް އެކި ކަހަލަ އުނދަގޫތައްް ކުރިމަތިވާން ފަށައިފި އެވެ.

ސީއެމްއެމް އަށް ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލް ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ، ފޮނަދޫގައި މީގެ ކުރިން ވެސް ފިނިހަކަ އުޅޭ ކަމަށާއި އެހެން ނަމަވެސް މި ދުވަސްވަރު ފިނިހަކަތައް މަގުމަތިން ފެންނަލެއް ގިނަވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފިނިހަކަ މިހާ ގިނަ ވެގެން މިއުޅެނީ ވިއްސާރަ މޫސުމެއް ކަމުން ފިނި ކަމުން ކަމަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ބޮޑަށް ހީވަނީ ފިނި ވީމަ ނިކުންނަލެއް ގިނަ ވަނީހެން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ބޮޑަށް އެ ރަށު ބަރާސިލް އަވަށުގައި ފިނިހަކަ ގިނަ ވެގެން އެކަމުގެ އުނދަގުލާ އާންމުން ކުރިމަތިލަމުން އަންނަ ކަމަށެވެ. އެ ސަރަހައްދާ އެކު އެ އަވަށު ބޯޅަދަނޑު ގައި ވެސް ފިނިހަކަ ގިނަ ކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

ރިޔާޒް ވިދާޅުވީ، އާންމުންގެ ގޭގޭ ކުރިމަތީ ވެސް މި އެއްޗެހި ގިނަވެ މީހުންނަށް އުނދަގޫވެގެން އުޅޭ ކަމަށާއި ތަންތަނުގައި ފުނި ޖެހިފައި ވެސް ފިނިހަކަ ވަރަށް ގިނައިން ތިބޭ ކަމަށެވެ. ރިޔާޒް ވިދާޅުވީ، ކުދި ސައިޒުގެ ފިނިހަކަ ތަކާއި ތިން އިންޗި ހުންނަ ވަރުގެ ފިނިހަަކަތައް ވެސް ވަރަށް ގިނަ އިން ފެންނަ ކަމަށެވެ.

މީގެ ކުރިން ވެސް އެ ރަށުން ކޮންމެ ވެސް ވަރަކަށް ފިނިހަކަ ފެންނާތީ އެ ޒާތުގެ ތަކެއްޗަށް ހަމަލާދޭ ކަހަލަ ފަންޏެއް ވިނަގަނޑުތައް ފަދަ ތަންތަނަށް ދޫކޮށްލާފައިވާނެ ކަމަށާއި ނަމަވެސް އެކަމުން ވެސް އެދެވޭ ނަތީޖާއެއް ނުނެރެވުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، އެ އަތޮޅުގެ ބައެއް އިތުރު ރަށް ރަށުން ވެސް ފިނިހަކަ ފެންނަ ކަމަށާއި ފޮނަދޫގައި ފިނިހަކަ މިހާރު ގިނަ ވާތީ އެ އެއްޗެހި މަދު ކުރުމަށް އެކަމާ ގުޅޭ ތަފާތު އިދާރާތަކަށް ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ.

ފޮނަދޫގައި ފިނިހަކަތައް އިންތިހާ އަށް ގިނަ ވުމާއެކު އެ ރަށުގެ ބައެއް ރައްޔިތުން އަންނަނީ އެކަމުގެ ސަބަބުން އުނދަގޫވެ ދުއްތުރާވާކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް