ads
އެމްއާރްއެމް އިން ބޭއްވި ޖަލްސާއަކަށް ފަހު އެޕާޓީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓި -- ފޮޓޯ: އެމްއާރްއެމް
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ މުޖުތަމައަށް އޮތް އެންމެ ބޮޑު ނުރައްކާ"
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމަކީ ދިވެހި މުޖުތަމައަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލަކަށް ވެފައިވާތީ މިބާވަތުގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާ މެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ދިވެހި މުޖުތަމައަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލަކަށް ވެފައިވާތީ މިބާވަތުގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާ މެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

އެމްއާރްއެމް އިން މިކަމަށް ގޮވާލާފައިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފައިވާ މައްސަލަ ފެންމަތިވުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ކަނޑުހުޅުދޫގެ ކުޑަކުއްޖާގެ މައްސަލަ ފެންމަތި ވުމާ އެކު މިކަހަލަ ގިނަ އެތައް މައްސަލަތަކެއް ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ކަން އެނގޭ ކަމަށެވެ. އަދި ގިނަ މައްސަލަތަކެއް ރިޕޯޓު ނުކުރެވި ހުރި ކަމަށާއި، ރިޕޯޓު ކުރެވިފައި ހުރި އެތައް މައްސަލަތަކަށް ފިޔަވަޅު ނޭޅި ހުރިކަން މީޑިއާއިން ހާމަވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ މައްސަލަ ތަކުގައި ތުހުމަތު ކުރެވުނު ފަރާތްތަކަށް އެދެވޭ ގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން އެމީހުން މުޖުތަމައުގައި މިނިވަން ކަމާއެކު އުޅެމުން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. މިކަންކަމުގައި ޒިންމާ ވާންޖެހޭ އެތައް މުއައްސަސާއެއްވާ ކަމާއި ގާނޫނުތައް ހެދިފައި ހުރީ މިކަހަލަ މައްސަލަ ތަކުގައި ހަރުކަށި އަދަބު ދެވޭ ގޮތަށްކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމަކީ ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. މިކަހަލަ މައްސަލަ ތަކުގައި ފިޔަވަޅު ނޭޅި ހުރުމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީން ކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މިކަންކަން ހުއްޓުވޭނީ ގާނޫނީ ގޮތުން ޒިންމާ ހަވާލުކުރެވިފައިވާ ގުޅުންހުރި ހުރިހާ މުއައްސަސާތައް އަދާކުރަންޖެހޭ ޒިންމާ އާއި ރައްޔިތުންގެ ފަރުދީ ޒިންމާވެސް ފުރިހަމައަށް އަދާ ކޮށްގެން ކަމަށާއި މިބާވަތުގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާ މެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"އެހެންކަމުން މިފަދަ ބޮޑެތި ޖަރިމާތައް ހިންގާ އެންމެހާ ފަރާތްތައް ހޯދައި ގާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް ގޮވާލަމެވެ. އަދި ކުރިއަށް އޮތް ތާނގައި މިފަދަ ނުބައި ލާއިންސާނީ އަމަލުތައް ހުއްޓުވަމަށް އަވަސް ފިޔަވަޅުތައް އެޅުމަށް މި ޕާޓީން ގޮވާލަމެވެ. ހަމަ އެއާއެކު އަނިޔާ ލިބުނު ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކުދިން ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާއަށް މަގު ފަހިކޮށްދީ އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލަމެވެ.،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިސަރުކާރުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މިފަދަ މައްސަލަތައް ހައްދަވާ، އިޖުތިމާއީ ހިދުމަތުގެ ދާއިރާ ހަރުދަނާ ކޮށް ބޭނުންވާ ވަސީލަތްތައް ވިހާވެސް އަވަހަށް އިތުރު ކޮށްދިނުމަށްވެސް ގޮވާލާ ކަމަށްވެސް ބަޔާނުގައިވެ އެވެ. މިބާވަތުގެ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކައުންސިލްތަކާއި، މިނިވަން މުއައްސަސާ ތަކާއި، ސިޔާސީ ޕާޓީތަކާއި، އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށްވެސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް