ads
ކަރަން ޖޯހަރު--
ބިރުވެރި ފިލްމެއް އުފެއްދުމުގެ ޝައުގުވެރިކަން ކަރަން ޖޯހަރުގެ ނެތް!
ގޯސްޓް ސްޓޯރީޒްއަށް ފަހު ބިރުވެރި ފިލްމެއް ދެން ނޫފައްދާނެ ކަމަށް ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފި އެވެ.
ގޯސްޓް ސްޓޯރީޒްއަށް ފަހު ބިރުވެރި ފިލްމެއް ދެން ނޫފައްދާނެ ކަމަށް ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފި އެވެ.

މުރްނާލް ތާކުރް އާއި ޖާންވީ ކަޕޫރު ފަދަ ތަރިން ހިމަނައިގެން ކަރަން ވަނީ މިއަހަރުގެ ކުރީކޮޅު "ގޯސްޓް ސްޓޯރީޒް"ގެ ނަމުގައި ނެޓްފްލިކްސްއަށް ފިލްމެއް ގެނެސްފަ އެވެ.

މިއީ ޒޯޔާ އަހްތަރާއި އަނުރާގް ކަޝްޔަޕްއާ އެކު އޭނާ ޑައިރެކްޓްކުރި ފިލްމެއް ނަމަވެސް ކަރަން މިވަނީ ދެން އެފަދަ ފިލްމެއް ޑައިރެކްޓް ނުކުރާނެ ކަމަށް ބުނެފަ އެވެ.

ކަރަން ޖޯހަރު ބުނި ގޮތުގައި އޭނާއަކީ ވެސް ބިރުވެރި ފިލްމު ބަލައި ހިތްވާ މީހެއް ނޫނެވެ. އެހެންވީމާ އެފަދަ ފިލްމެއް އުފެއްދުމުގައި އޭނާ ބައިވެރިވާން ވެސް ބޭނުން ނުވަނީ އެވެ.

އާންމުކޮށް ކަރަން ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވަނީ ހުސް ލޯބީގެ ވާހަކަތަކެކެވެ. އަދި އެފަދަ ފިލްމުތަކަށް ރަނގަޅު ތަރުހީބެއް ވެސް ބެލުންތެރިންގެ ފަރާތުން ލިބެ އެވެ.

ކަރަން އުފައްދާފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ކަލަންކް އާއި ކުޗް ކުޗް ހޯތާ ހޭ އާއި ދަޅަކް އަދި ސްޓޫޑަންޓް އޮފް ދަ އިޔާ ފަދަ ފިލްމުތައް ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް