ފިލްމުގެ ކާމިޔާބީގެ ސިއްރަކީ ފިލްމުގެ ކުޅަދާނަ ކާސްޓުންނެވެ.
ގިނަ ބަޔަކު ހިތައް އަރާނެ އެއް ސުވާލަކީ މިފަދަ ކާމިޔާބު ފިލްމެއްގެ ކާސްޓުންނަށް ކިހާ ވަރެއް ހަރަދުވެގެން ދާނެތޯ އެވެ.
އަހަރަކަށް ވުރެ އަހަރެއް ބައެއް ތަރިންގެ ފީ ބޮޑުވަމުން އަންނަ އިރު ރިޕޯޓްތައް ބުނާ ގޮތުގައި 165 ކްރޯޑް ރުޕީސް ހޭދަކޮށްގެން އުފެއްދި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ އަކްޝޭއަަށް މި ފިލްމުން ލިބުނީ 25 ކްރޯޑް ރުޕީސް އެވެ.
އަޖޭ އާއި ރަންވީރު މި ފިލްމަށް އެއްވެސް ވަރަކަށް ޗާޖުކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެެ.
އޭގެ އިތުރުން ކެޓްރީނާ ވަނީ އެ ފިލްމަށް 10 ކްރޯޑް ރުޕީސް ޗާޖުކޮށްފަ އެވެ.
ގާތްގަނޑިކަށް 165 ކްރޯޑްގެ ބަޖެޓެއްގައި އުފެއްދި މި ފިލްމަށް މިހާތަނަށް 239.65 ކްރޯޑް ރުޕީސް ލިބުނެވެ.