ads
ކޮވިޑް ސާމްޕަލް ނަގަނީ------
މިއަދު ޕޮޒިޓިވްވީ 159 މީހުން!
ރާއްޖެއިން އަލަށް 159 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕޮޒިޓިވްވި 159 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓޮވްވެފައިވަނީ އަތޮޅުތެރޭގެ ރަށް ރަށުންނެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވީ 140 މީހުންނެވެ. އަދި މާލެ ސަރަހައްދުން ވަނީ 19 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި 159 މީހުންނަކީ މިދިޔަ 24 ގަޑިއިރު ތެރޭ ނެގި 3906 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ކޭސްތަކާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 89،999 ވަނީ އަރާފައެވެ. 

ނުވަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު މިވަގުތު އެކްޓިވްކޭސްތަކުގެ ގޮތުގައި އުޅެނީ 2201 މީހުންނެވެ.

ކޮވިޑް ބަލީގައި މިހާތަނަށް އައި އިރު ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ 247 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް