ads
ގަންގުބާއީގެ ޕޯސްޓަރެއް…
އާލިއާގެ "ގަންގުބާއީ" އަންނަ އަހަރު ފެބްރުއަރީ އަށް!
ބޮލީވުޑްގައި ފުންނާބު އުސް ބަތަލާ އާލިއާ ބަޓް ލީޑު ރޯލު ކުޅޭ ފިލްމު "ގަންގުބާއި ކަތިވަޑާއި" އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރަން ނިންމައިފިއެވެ.

ސަންޖޭލީލާ ބަންސާލީ ޕްރޮޑިއުސްކުރާ އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

އާލިއާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އެ ފިލްމު އަންނަ އަހަރު ރިލީޒްކުރާ ތާރީހް ފޭނުންނަށް އެންގުމުގެ ގޮތުން ޕޯސްޓެއް ވެސް ކޮށްފައެވެ.

"ގަންގުބާއީ" ފުރަތަމަ ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ އަހަރުގެ ފުރަތަމަ މަހު ރިލީޒްކުރާށެވެ. ނަަމަވެސް ފަހުން ފެބްރުއަރީ މަހަށް ފިލްމު ތާވަލް ކުރީ ކީއްވެ ކަމެއް އިއުލާނެއް ނުކުރެއެވެ. 


އެ ފިލްމުގައި އާލިއާ ކުޅެފައިވަނީ ބާރުވެެރި ނުފޫޒުގަދަ އަންހެނެއްގެ ރޯލެކެވެ. މިއީ ސަންޖޭލީލާގެ ފިލްމަކުން އާލިއާ ފެންނާނެ ފުރަތަމަ ފިލްމު އެވެ.

ފިލްމުގެ މައްސަލަ މި އަހަރުގެ ތެރޭގައި ހޫނުވެގެން ވެސް ދިޔައެވެ. އެ ފިލްމު ހަދަން އުޅޭތީ މި ފިލްމު ނިސްބަތްވާ ގަންގުބާއި ކަތިވަޑާއިގެ "އެޑޮޕްޓަޑް" ދަރިފުޅު ކަމަށް ބުނާ ބާބޫޖީ ޝާހް ވަނީ ދެ ފަހަރެއްގެ މަތިން ފިލްމުގެ މައްސަލަ ކޯޓަށް ވެސް ހުށަހަޅާފައެވެ.

މީގެ ކުރިން ޓީޒާ އެއްވެސް އާންމުކޮށްފައިވާ "ގަންގުބާއީ" ގައި އާލިއާ އާއެކު މި ފިލްމުން އިމްރާން ހާޝިމީ އާއި އަޖޭ ދޭވްގަން ފަދަ މޮޅެތި އެކްޓަރުން ފެންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް