ads
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކުލަވާލި ވިސްލްބްލޯ ކުރުމާ ބެހޭ ކޮމިޓީގެ މެންބަރުންނާ އެކު އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
އައިކޮމްގައި ވިސްލްބްލޯ ކުރުމާ ބެހޭ ކޮމިޓީ އުފައްދައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ދާއިމީ ކޮމެޓީއެއްގެ ގޮތުގައި "ވިސްލްބްލޯ ކުރުމާ ބެހޭ ކޮމިޓީ" އެއް އުފައްދައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ދާއިމީ ކޮމެޓީއެއްގެ ގޮތުގައި "ވިސްލްބްލޯ ކުރުމާ ބެހޭ ކޮމިޓީ" އެއް އުފައްދައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ މި ކޮމިޓީ އުފެއްދީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އުފެއްދި ވިސްލްބްލޯ ކުރުމާ ބެހޭ ކޮމެޓީގެ މެންބަރުންނަކީ އެ އޮފީހުގެ ލީގަލް އެފެއާޒް ޑިރެކްޓަރު ފާތިމަތު ސައުސަނާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު މަރްޔަމް އިބްރާހީމްގެ އިތުރުން ޝައްފާން ގާސިމް އެވެ. ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައިވަނީ ފާތިމަތު ސައުސަން އެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ މިގާނޫނަށް އަމަލުކުރާ ދުވަހުން ފެށިގެން 90 ދުވަސް ހަމަވުމުގެ ކުރިން ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމު ހަަމަޖައްސައި އެ އިންތިޒާމުތަކުގެ މައުލޫމާތު އެ ފަރާތުގެ މުވައްޒަފުންނަށް ދޭން ވާނެ ކަމަށެވެ.

އެގޮތުން މިއީ ރާއްޖޭގައި އުފެއްދި މީގެ އެންމެ ފުރަތަމަ ކޮމިޓީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް