ads
ހުޅުމާލެ
ހިމަ ބިހި ޖެހުނު މީހުން ދިޔަ ތަންތަން ބަލަނީ
ހިމަ ބިހި ޖެހުނު މީހުން ދިޔަ ތަންތަން ބަލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހިމަ ބިހި ޖެހުނު މީހުން ދިޔަ ތަންތަން ބަލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މީސެލްސްގެ ފުރަތަމަ ކޭސް 2020 ޖެނުއަރީ 8 ވަނަ ދުވަހު ފެނުމާގުޅިގެން އެދުވަހުން އެދުވަހަށް ޑަބްލިޔު. އެޗް. އޯ ގެ އައުޓްބްރޭކް ރެސްޕޯންސް ގައިވާ ގޮތަށް މީސެލްސް ޖެހިފައިހުރި ފަރާތް ބައްދަލުކުރި މީހުނާއި ގޮސްފައިވާ ތަންތަން ދެނެގަތުމުގެ(ކޮންޓެކްޓް ޓްރޭސް) މަސައްކަތް ފަށާފައިވާކަމަށެވެ.

ހަމައެއާއެކުމި ބަލި ޖެހިފައިވާގޮތް ދެނެގަތުމަށް ޓެސްޓްކުރުމަށް ފޮނުވިފައިވާކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ބަލި ފެތުރޭގޮތް ދެނެގަތުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން 2020 ޖެނުއަރީ 9 ވަނަ ދުވަހު އިމަރޖެންސީ ކޯޑިނޭޓިންގ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ފެށިފައިވެއެވެ.

އަދި ހަމައެއާއެކު މީސެލްސް ޖެހިފައިވާ ފަރާތުގެ ކޮންޓެކްޓް ޓްރޭސިންގ ހަދާ ރިންގް ވެކްސިނޭޝަން ކުރިއަށްގެންދިފައިވެއެވެ.

އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން 2020 ޖެނުއަރީ 11 ވަނަދުވަހު ހުލުމާލެ އަދި މާލޭގެ ހެލްތު ކެއަރ ފެސިލިޓީސްތަކުގެ މުވައްޒަފުންނަށް ވެކްސިންދިނުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހުރިހާ އަތޮޅު ސިއްހީ ހިދުމަދޭ ތަންތާގައި ވެކްސިިން ދިނުމުގެ މަސައްކަތް ފަށާއި، ރަށްރަށުގައި ތިބި މީސެލްސް ގެ ދެ ޑޯޒް ހަމަނުވާ 18 އަހަރުން ދަށުގެ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވެއެވެ.

2020 ޖެނުއަރީ 12 ވަނަދުވަހު ޑަބްލިޔު.އެޗް.އޯ އަދި ޔުނިސެފް އާ ގުޅިގެން ދެލައްކަ ވެކްސިން ގެނައުމުގެ މަސައްކަތްފަށާފައިވެއެވެ.

އަދި 13 ޖެނުއަރީގައި މާލޭ ސަރަހައްދުގެ ހުރިހާ ހެލްތު ފެސިލިތީތަކުގެ މަނޭޖްމަންޓާއި މިނިސްޓަރ ބައްދަލުކޮށް މަސައްކަތްތައް ކުރިއަށްގެންދާނެގޮތާއި އަޅާނެފިޔަވަޅުތަކާ ގުޅޭގޮތުން މަޝަވަރާކުރައްވާފައިވެއެވެ.

ހުޅުމާލެ ސަރަހައްދުގައި މީސެލްސް ސްކްރީނިންގ ސެންޓަރެއް މިއަދު ގާއިމުކުރެވި، މީސެލްސް ގެ ދެ ޑޯޒް ހަމަނުވާ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިންދިނުމުގެ މަސައްކަތްތައް ކުރިއަށް ދާނެއެވެ.

މީގެއިތުރުން މީޑިއާ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކޮންމެދުވަހަކު މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް