ads
ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތު----
"މިއަދު ފޭސްބުކުގައި ލައިކު ޖެހޭ، މީގެ 3 އަހަރު ކުރިން އަޅުގަނޑަށްވެސް އޮތީ ދައުވާ"
މިއަދު ސިޔާސީ ދައުވާއެއްގައި އެއްވެސް މީހަކު ޖަލުގައި ނެތްކަމަށާއި މި ސަރުކާރުގެ ތިން އަހަރުތެރޭ ރާއްޖެއަށް މިނިވަންކަން ގެނެސްދީފިކަމަށް ނައިބު ރައީސް ފައިސަލް ނަސީީމް ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ފާހަގަވަނީ ރައްޔިތުންގެ ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ. 

ދެހާސް އަށާރަވަނަ އަހަރުވެސް ދިން ޔަގީންކަމަކީ ރައީސް ވެގެންދާނީ ރައްޔިތުން މީގެ ކުރިން ނުދެކޭފަދަ ރައީސެއްގެ ގޮތުގައި ކަމަށެވެ. މިއަދު އެވާހަކަ ދިގުކޮށް ދައްކަން ނުޖެހޭ ކަން ފާހަގަކުރަމުން ނައިބު ރައީސް ފައިސަލް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. 

ފައިސަލް ވިދާޅުވީ މިއަދު ދައްކަންވީ ކޮންމެވެސް ބަޔަކު ބޭރުކުރާ ވާހަކަނޫންކަމަށާއި ފިތުނަ ފަސާދައިގެ ވާހަކަނޫންކަމަށެވެ. މިއަދު ޖަލުގައި ސިޔާސީ ދައުވާއެއް ކޮންގެން ހުރީ ކާކޯތޯވެސް ނައިނު ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ. 

"ކާކުތޯ ޖަލުގައި ހުރީ ކޮން ސިޔާސީ ދައުވާއެއްތޯ ކުރީ. ހަމަޖެހިގެން މިއުޅެނީ. ބިރުވެރިކަމެއް ނެތި މިއުޅެނީ. ބޭނުން ވާހަކައެއް އަޅުގަނޑުމެންނަށް އޮންނަ ހުދޫދުގެ ތެރެއިން އެބަ ދެއްކޭ. މަގުތަކަށް އެބަ ނިކުމެވޭ. ޓްވީޓް ކުރެވޭ. ފޭސްބުކްގައި ލައިކް ޖެހޭ މިނިވަންކަން އެބައޮތް" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވި ކަމަކީ އެއީ ކަމަށާއި މީގެ ތިން އަހަރު ކުރިން އެމަނިކުފާނަށްވެސް އޮތީ އަށް އަަަހަރުގެ ޓެރަރިޒަމްގެ ދައުވާ އުފުލާފައި ކަމަށެވެ. 

" ދެން ތިބޭފުޅުން ވިސްނަވާ އަޅުގަނޑު ހަމަ ގައިމުވެސް ދުވަހަކުވެސް ބާރަށް އެއްޗެއް ބުނި މީހެއް ނޫން. މީހަކާއި ދިމާލަށް ބުނަން ނުވާއެއްޗެއް ބުނި މީހެއް ނޫން." ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބެލިޔަސް ކިރިޔާވެސް އެއްޗެއް ބުނި މީހަކު މީގެ ކުރިން އޮންނަން ޖެހުނީ ޖަލުގައި ކަަމަށެވެ. އެގޮތުން 30 އަހަރުގެ ވެރިކަން ކުރެއްވި ބޭފުޅާއާއި، ޒަމާނީ ޑިމޮކްރަސީއެއް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅާއާއި، ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއްވެ، ރައްޔިތުންގެ މަދަދު ގާރަށްވި މީހާގެ އިތުރުން ރަނގަޅު ހޮޔޮ ނަސޭހަތެއް ދިން މީހާ އޭރު ހުންނަން ޖެހެނީ ކޮންތާކުތޯވެސް ފައިސަލް ވަނީ ސުވާލުކުރައްވާފައެެވެ. 

އެހެންކަމުން މިކަމާއި ދޭތެރޭ ރައްޔިތުން ވިސްނަންޖެހޭކަން ފާހަގަކުރަމުން ފައިސަލް ވިދާޅުވީ، ހަމަޖެހުން ދޫކޮށްލާ ތަރައްގީ ދޫކޮށްލަން ހެޔޮ ނުވާނެ ކަމަށެވެ. ޒަމާން ބަދަލުވެ، ބިރުވެރިކަން ފިލައިގެން ހިގައްޖެކަމަަށާއި ރަަނގަޅު މީހަކު ލިބުމުން އެމީހަކު ދޫކޮށްލުން ހެޔޮ ނުވާނެ ކަމަށް ވިދާޅުވިއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް