ads
ކަނޑު ގަދަ ދުވަހެއް
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ގއ އަތޮޅުން ފެށިގެން އައްޑު އަތޮޅަށާއި ށ އަތޮޅުން ފެށިގެން މ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.  

ގއ އަތޮޅުން އައްޑު އަތޮޅަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް  މީޓިއޮލޮޖީިކަލް ސާވިސްއިން ބުނެއެވެ. 

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެއެވެ. އަދި ށ އަތޮޅުން  ފެށިގެން މ އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނޭކަަމަށް މީޓިއޮލޮޖީިކަލް ސާވިސްއިން ލަފާކުރެއެވެ. 

ކަނޑުތައް ގަދަވެ މޫސުން ގޯސް ވުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް މިއަހަރުތެރޭ ހިނގާފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް