ads
ރުގިއްޔާ:10ދަރީންގެ މަންމަ އެޓެންޑެންޓެއްގެ ގޮތުގައި 20 އަހަރުވަނީ ހޭދަކޮށްފައި
ދިހަ ދަރީންގެ މަންމަ: 20 އަހަރު ހިދުމަތުގައި, އަދި ވެސް ދައްކަނީ ނަމޫނާ
ދަރިންގެ ހައްގުގައި ގުރުބާން ނުވާ މައެއް މަދުވާނެއެވެ. ކޮންމެ މައެއްވެސް ވިސްނާނީ ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ފާގަތި ދިރިއުޅުމެއް ހޯދަދިނުމަށެވެ. ޅ ނައިފަރަށް އުފަން ރުގިއްޔާ އަބްދުﷲ އަކީ އަކީ ދަރިންގެ ހައްގުގައި ގުރުބާން ވާ ލާމަސީލު މިސާލެކެވެ.

އުމުރުން 42 އަހަރުން ފެށިގެންރުގިއްޔާ އަބްދުﷲ މަސައްކަތް ކުރަންފެށީ ޅ އަތޮޅު ހޮސްޕިޓަލްގެ އެޓެންޑެންޓެއްގެ ގޮތުގައެވެ. 65  އަހަރުވުމުން މިހާރު ރުގިއްޔާ ހުރި މަގާމުން ވަނީ ވަކިކޮށްފައެވެ. އެހެނަސް ރުގިއްޔާ ވަނީ ޅ އަތޮޅު ހޮސްޕިޓަލްގައި 20 އަހަރުދުވަހު ހިދުމަތް ކޮށްދީފައެވެ. އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރީ ވަރަށް ވެސް ހިތްހަމަ ޖެހިގެން ކަމަށް ރުގިއްޔާ ބުންޏެވެ.

"އެތަނުގަ އުޅޭ ކުދިން ވަރަށް ރަނގަޅު ހަމަ. ދުވަހަކުވެސް ބަދުބަހެއް ނުބުނޭ." ރުގިއްޔާ ބުންޏެވެ. 

އެޓެންޑެއްގެ ގޮތުގައި އެކަނި ހުރިއިރު ވަރަށް ބުރަކަމަށާއި އިތުރު މަގާމުތަކަށް ކުދިން ނަގަންފެށުމުން ވަރަށް ފަސޭހަވި ކަމަށް ރުގިއްޔާ ފާހަގަކުރިއެވެ. އެޓެންޑެންޓެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައް ކިޔައިދެމުން ރުގިއްޔާ ބުނަނީ މީހުން ވިހާ ތަންތާ ހުރުމާއި، އެއްޗެހި ގެންގޮސްދިނުމާއި ، ބޭސް އަޅާ ކޮޓަރީގައި ބޭނުންކޮށްފަ ހުންނަ ސާމާނު ދޮވުނު ކަމަށެވެ.

"ލޯންޑްރީ ކުދިން ނެގީމަ ދައްތަ ނުޖެހޭ އެއްޗެހި ދޮންނާކަށް" ރުގިއްޔާ ބުންޏެވެ.

ބައެއް ފަހަރު އިތުރު ގަޑި ތަކަށް ދާން ޖެހޭ ކަމަށާއި ދުވަހަކުވެސް އެކަމަކަށް ދެކޮޅެއް ނުހަދާ ކަމަށް ރުގިއްޔާ ފާހަގަ ކުރިއެވެ. 10 ދަރިން ބަލަމުން ވަޒީފާއަށް ދިއުން އެހާ އުނދަގުލެއް ނުވި ކަމަށް ރުގިއްޔާ ފާހަގަ ކުރިއެވެ. 

"ފިރިމީހާ ގިންއިން އުޅެނީނ ކަނޑުމަތީގަ. މަހަށްދާ މީހަކަށްވީމަ." ރުގިއްޔާ ބުންޏެވެ.

އޮފީހުގައި ހޭދަކުރި ދުވަސްވަރަކީ ވަރަށް ދަތި ދުވަސްވަރެއް ކަމަށް ރުގިއްޔާ ބުންޏެވެ. ވަޒީފާއަށް ދިޔުމުގެ ކުރިން ރުގިއްޔާ ފިރިމީހާއަށް އެހީތެރިވުމުގެ ގޮތުން މީހުންގެ ގޭގެއަށް ގޮސް މަސައްކަތް ކޮށްދީ ހެދި ކަމަށް ރުގިއްޔާ ފާހަގަ ކުރިއެވެ. 10 ދަރިން ބަލައި ބޮޑު ކުރުމަކީ ނުހަނު ގިނަ ގުނަ މަސައްކަތް ތަކެއް ކަމަށާއި ގިނަ ވަގުތުތަކެއް ދަރިންގެ ހައްގުގައި ހޭދަ ކުރަންޖެހޭ ކަމަށް ރުގިއްޔާ ބުންޏެވެ.

އެންމެ ފުރަތަމަ ރުގިއްޔާ  ވަޒީފާއަށް ނުކުތީ ހަގު ދަރި ގުރޭޑު ހަތަރަކަށް ދިއުމުން ކަމަށް ރުގިއްޔާ ބުންޏެވެ. 

" އެހެންކަމުން ކުދިން ގޭގަ ބަހަށްޓާފަ ވަޒީފާއަށް ދާކަށް އުނދަގުލެއްނުވި. ދަރިން އިނދެގެން އުޅޭ އަންހެން ދަރިން ވަރަށް ރަނގަޅު." ރުގިއްޔާ އުފަލާއެކު ބުންޏެވެ.

މިހާރު ރުގިއްޔާއަށް 28 މާމަ ދަރިންނާއި 7 މުނިމާމަ ކިޔާ ދަރިންވަނީ ލިބިފައެވެ.

އެކީގައި މަސައްކަތްކޮށްފައިވާ ފަރާތަކުން ބުނަނީ ރުގިއްޔާ އަކީ ވަގުތަށް ކަމޭހިތާ ، މަސައްކަތް ކުރަން ފަސޭހަ އަދި މިހާތަނަށް މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން މަސައްކަތް ކުރަން އެންމެ ފަސޭހަ އެއް އެޓެންޑެންޓް ކަމަށެވެ.

" ވަރަށް ހަނދާންވޭ ރުގިއްޔައްތަ މަތިން. އެއްވެސް ކަމެއް ނުވެފަ ހުންނާކަށް ނުޖެހޭނެ ރުގިއްޔައްތަ ހުއްޓަކާއެއް." ރުގިއްޔާ އާއި އެއްކޮށް މަސައްކަތް ކުރި މުވައްޒަފަކު ބުންޏެވެ.

 ރުގިއްޔާއަކީ ބަލިމީހުންނަށް އޯގާތެރި ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއް ކަމަށާއި އުމުރަށް ބަލާފައި ކުރާ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށް އޭނާ ބުންޏެވެ.

ރުގިއްޔާ އަދިވެސް ބޭނުންވަނީ މަސައްކަތަށް ނުކުންނާށެވެ. މަސައްކަތުގައި އެތައް ދުވަހަކު އުޅެފައިވާތީ މަސައްކަތެއް ނެތި ހުންނަން އޭނާ އަށް އުނދަގުލެވެ. އޭނާއަކީ އަބަދުވެސް މަސައްކަތުގައި އުލެ ހީވާގި މީހެކެވެ. ހިތްހެޔޮ މީހެކެވެ.  

93%
ކަމުގޮސްފި
1%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް